ރައީސް ނަޝީދުގެ ވެރިކަން ބަދަލުވެގެން ދިޔަގޮތް ތަހުގީގުކުރުމަށް އުފެއްދި ކޮމިޝަން އޮފް ނެޝަނަލް އިންކުއަރީ، ކޯނީގެ ރިޕޯޓުން ހަގީގަތް ހާމަވެގެން ހިނގައްޖެކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން ނިސްބަތްވެވަޑައިގަންނަވާ ޕީޕީއެމްއިން މިއަދު ނެރުނު ކުރު ބަޔާނުގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ކޯނީގެ ރިޕޯޓަކީ ހަގީގަތް ހާމަވެގެންދިޔަ ރިޕޯޓެއްކަމަށާއި އެރިޕޯޓުން ހަތެއް ފެބުރުއަރީ ހަގީގަތްވެސް ހާމަވެގެން ހިނގައްޖެކަމަށެވެ.
އަދި ވެރިކަން ބަދަލުވެގެން ދިޔައީ ގާނޫނީ ހަމަތަކުގެ މަތިންކަމަށް ކޯނީގެ ރިޕޯޓްގައި ބުނެފައިވުމުން އެކަމާއި އުފާކުރައްވާކަމަށާއި އަދި ރައީސް ނަޝީދުގެ ވެރިކަން ގާނޫނީ ހަމަތަކުގެ މަތިން ބަދަލުކުރުމަށް ޕީޕީއެމްގެ މެމްބަރުންނާއި އިއްތިހާދުން ކުރި މަސައްކަތަށް ޝުކުރުއަދާކުރައްވާކަމަށްވެސް މައުމޫނު ވިދާޅުވެފައިވެއެވެ.
އަދި ރައީސް ނަޝީދުގެ ވެރިކަމަކީ އަނިޔާވެރި ވެރިކަމެއްކަމަށާއި އެވެރިކަން ބަދަލުވެގެންދިޔައީ އިސްލާމް ދީނާއި ގައުމުގެ ހައްގުގައި ޝަރުއީ ދާއިރާގެ ދިފާއުގައި ގާނޫނު އަސާސީ ދަމަހައްޓައި ގާނޫނުގެ ހުކުމް ނެގެހެއްޓުމަށް ރާއްޖޭގެ ރައްޔިތުންނާއި ޕީޕީއެމްގެ މެންބަރުން ކޮށްދެއްވި ބުރަ މަސައްކަތުންކަމަށްވެސް މައުމޫނު ވިދާޅުވެފައިވެއެވެ.
ކޯނީގެ ރިޕޯޓުން ހަގީގަތް ހާމަވެގެން ހިނގައްޖެ: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ