ޖިނާއީ ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު (އަބުދުﷲ ގާޒީ) ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.
މިއަދު ބޭއްވި އެކޮމެޓީގެ ސިއްރު ބައްދަލުވުމުގައި އަބުދުﷲ ގާޒީގެ އިތުރުން ޕީޖީ އަހުމަދު މުއިއްޒާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައިސް އަދި ސުޕްރިމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު އަބުދުﷲ ހާޒިރުކުރުމަށް ވެސް ނިންމި އެވެ.
އަބުދުﷲ ގާޒީ ހާޒިރުކުރަނީ ފަނޑިޔާރެއްގެ ހައިސިއްޔަތުންނޫން ކަމަށާއި އޭނާ ހާޒިރުކުރަނީ އަމިއްލަ ހައިސިއްޔަތުން ކަމަށް ވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމެޓީގެ މުގައްރިރު ތޮއްޑޫ ދާއިރާގެ މެމްބަރ އަލީ ވަހީދު ވިދާޅުވިއެވެ.
އަބުދުﷲ ގާޒީ ކޮމެޓީއަށް ހާޒިރުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ