ރިޔާސީ އިންތިހާބުގެ ހަގީގީ ކެމްޕޭން ފެށޭނީ މާދަމާ ރޭ: ޖުމްހޫރީ ގުޅުން

ރިޔާސީ އިންތިހާބުގެ ހަގީގީ ކެމްޕެއިން ފެށިގެންދާނީ މާދަމާ ރޭ ކަމަށް ޖުމުހޫރީ ގުޅުމުން ބުނެފި އެވެ.
"އޮޅުވާލި ވޯޓް" ގެ ނަމުގައި ޖުމުހޫރީ ގުޅުމުގެ ސިލްސިލާކޮށް ފަށާފައިވަ ޖަލްސާތަކުގެ މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަބުދުﷲ މުހައްމަދު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ވޯޓު އޮލުވާލަން އިލެކްޝަންސް ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ "އޮޅުވާލާފައިވާ އިންތިޚާބުގެ ނަތީޖާ ގަބޫލުކޮށް، މިއަދު ވަރުބަލިވެގެން ގެއަށް ވަދެއްޖެނަމަމުޅި މުސްތަގުބަލް އޮންނާނީ ވަރުބަލި ކަމެއްގެ ތެރޭގައި" ކަމަށާއި
"ވޯޓު އޮޅުވާލައިގެން އިންތިހާބުގައި ކުރީގައި އޮތްކަމަށް ބުނާ، ކުރީގެ ރައީސް ނަޝީދުގެ ސިޔާސަތަކީ، ބިރަކާނު ނުލައި ދެ ޖިންސް މަސްހުނިވެގެން މަޖާކުރުން" ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ހިޔާނާތް ވެފައިވާކޮށް ތުހުމަތުކޮށް އޭނާ ވިދާވީ އެ ކޮމިޝަނަށް ނާގާބިލް ބަޔަކު ލައިގެން ސައްހަ އިންތިބެއް ނޫބެއްވޭނެ ކަމަށާއި މާދަމާރޭގެ މުޒާހަރާ ކުރާނެ ކަމަށެވެ. އަދި އެ މުޒާހަރާގައި އިލެކްޝަންސްގެ މެންބަރުންނާއި ދެކޮޅަށް އަޑު އުފުލާނެ ކަމަށެވެ.
ޖުމްހޫރީ ގުޅުމުގެ ޖަލްސާގައި އެ ގުޅުމުގެ ތަރުޖަމާން އިގްބާލް އާދަމް ވިދާޅުވުވީ، "އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ވޯޓު އޮޅުވާލައި މަކަރު ހެދިކަން، އެބޭފުޅުންގެ ދޮގު ފޫބެއްދުމަށް މީޑިއާގައި ދައްކަވަމުން ގެންދަވާ ތަފާތު ވާހަކަތަކުން ހާމަވާ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ