ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލެއް ސުޕްރީމް ކޯޓުން އާއްމުކޮށްފި

ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުސޫލެއް ސުޕްރީމް ކޯޓުން އާއްމުކޮށްފި އެވެ.
ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ އެ އުސޫލުގައި ބުނެފައިވަނީ ފަނޑިޔާރަކު އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރެވޭނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޖޭއެސްސީއަށް ހުށަހެޅުމުން ކަމަށެވެ. އަދި ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރާނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާ ނިންމުއްގެ މައްޗަށް ކަމުގައިވެސް އެ އުސޫލުގައި ވެ އެވެ.
މީގެ އިތުރުން ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމުގައި ގެންގުޅެންވީ ހަމަތަކެއް އެ އުސޫލުގައި ބަޔާންކޮށްފައިވާއިރު ފަނޑިޔާރަކު މަސައްކަތްކުރާ ކޯޓު ނޫން އެހެން ކޯޓަކަށް ބަދަލުކުރާނަމަ އެ ފަނޑިޔާރަކު ބަލަމުންދިޔަ މައްސަލަތަކުގެ ތެރެއިން ހުކުމް އިއްވުމާއި ހަމައަށް ގޮސްފައިވާ މައްސަލަތައް ނިންމުމަށް އެކަށީގެންވާ މުއްދަތެއް ޖޭން ޖެހޭނެ ކަމަށްވެސް ސުޕްރީމް ކޯޓުގެ އުސޫލުގައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ