އޮޑިޓާ ޖެނެރަލް ކަމަށް ހުށަހެޅުއްވި އަލީ ރަޝީދު އުމަރުގެ ނަން ބޭރުކޮށްލައިފި
އޮޑިޓާ ޖެނެރަލް ކަމަށް، އައްޔަން ކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި، މ. އާދިއްލީގޭ ޢަލީ ރަޝީދު އުމަރުގެ ނަން ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.އަލީރަޝީދުގެނަން ދިރާސާ ކުރުމަށްފަހު މާލިއްޔަތު ކޮމިޓީން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅި ރިޕޯޓަށް މެންބަރުން ބަހުސް ކުރުމަށް ފަހު އެނަމަށް ވޯޓަށް އެއްސެވުމުން، އެވަގުތު ޖަލްސާގައި ތިއްބެވި 70 މެންބަރުންގެ ތެރެއިން ފެންނަ ކަމަށް ވޯޓު ދެއްވީ 35 މެންބަރުންނެވެ. އަދި ނުފެންނަ ކަމަށް 34 މެންބަރުން ވޯޓު ދެއްވި އެވެ. މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ރުހުން ދިނުމުގެ މައްސަލައެއްކަމަށްވާތީ، އަލީ ރަޝީދަށް ރުހުން އޮތްކަމަށް ފާސްކުރަން މަޖިލީހުގެ ޖުމްލަ އަގުލަބިއްޔަތު ކަމުގައިވާ 39 މެންބަރުންގެ ވޯޓު ލިބެންޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ