އެމްއެމްޑީޕީގެ އޮފީހަށާއި ޕާޓީގެ އިސްވެރިންނަށް ދޭ ހަމަލާތަކަކީ ޕީޕީއެމްއިން ކުރާ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ވެސް ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީޕީއމްއިން މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ އެމްޑީޕީއަށް ދެމުންދާ ހަމަލާތަކީ ޕީޕީއެމްގެ އެއްވެސް މެމްބަރަކު ބައިވެރިވެގެން ކުރި ކަމެއް ނޫން ކަމަށާއި ޕީޕީއެމްއަކީ ސުލްހަވެރިކަމާއެކު ކަންތައްތައް ކުރިއަށް ގެންދިއުމަށް ގޮވާލާ އެކްނަ ކުރިއަށް ގެންދަން ތިބި ބައެއް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާނީ ސުލްހަވެރިކަމާ އަމަންއަމާންކަމާއެކު ކަމަށްވެސް ވިދާޅުވި އެވެ.
"ޕީޕީއެމްއަކުން ގާނޫނާ ހިލާފަށް ކަމެއް ނުކުރާނަން. އަދި ތަނަކަށްވެސް މީހަކަށްވެސް ގެއްލުމެއް ނުދޭނަން. ޕީޕީއެމްއަކީ ސުލްހަވެރި އަމާން ޕާޓީއެއް،" އެމަނިކުފާނު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ހަމަލާދިނީ ކޮންބައެއް ކަން ނޭނެގޭނެމަަ އެއީ ކީއްވެގެންކުރި ކަމެއްކަންވެސް ނޭނގޭނެ ކަމަށާއި އަދި އެ ހަމަލާދިނީ އެއްވެސް ޕާޓީއެއްގައި ނުހިމެނޭ ބަޔަކަށްވެސް ފަހަރެއްގައި ވެދާނެ ކަމަށެވެ. އަދި ވިދާޅުވީ އެ މައްސަލާގައި އެއްވެސް ފަރާތަކަށް ތުހުމަތު ނުކުރާ ކަމަށާއި އެކަން ތަހުގީގުކުރާ ފަރާތުން ތަހުގީގުކޮށްފައި އެކަން ކުރީ ކޮންބައެއްކަން ބުނާނެ ކަމަށެވެ.
ދާދިފަހުން ވަނީ އެމްޑީޕީގެ މާލޭގެ އޮފީހުގެ ބިއްލޫރިތައްތަޅާލައި ރޯކޮށްލާފައެވެ. އަދި ސ. ހިތަދޫގައި ހުންނަ އެ ޕާޓީގެ އޮފީހުގައި ވެސް ރޮކޮށްލި އިރު އަދި އެމްޑީޕީން އައްޑޫ ސިޓިގައި ބޭއްވި ޖަލްސާގެ ތެރެއަށް ވަދެ ހަމަނުޖެހުން ވެސް ހިންގާފައި ވެއެވެ.
އެމްޑީޕީއަށް ހަމަލާދެނީ ޕީޕީއެމަކުން ނޫން: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ