ސުޕްރީމް ކޯޓުގެ ނިންމުމާ އެއްގޮތަށް ނަވާޒް ޝަރީފް އިސްތިއުފާ ދެއްވައިފި

ޕާކިސްތާނުގެ ބޮޑުވަޒީރު މުހައްމަދު ނަވާޒު ޝަރީފު އެ މަޤާމުގައި ހުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް އެގައުމުގެ ސުޕްރީމް އިއްޔެ ނިންމުމުން އެ ނިންމުމަށް އިޖާބަ ދިނުމުގެ ގޮތުން އޭނާ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިއްވަމުން ފަނޑިޔާރު އިޖާޒް އަފްޒަލް ޚާން ވިދާޅުވެފައިވަނީ ޕާލަމެންޓް މެންބަރެއްގެ ހައިސިއްޔަތު ނަވާޒް ޝަރީފަށް ވަނީ ގެއްލިފައި ކަމަށާއި އެހެންވެ ބޮޑު ވަޒީރުކަމުގެ މަގާމުން ވަކިވާން ޖެހޭ ކަމަށެވެ.
އުމުރުން 67 އަހަރުގެ ޝަރީފްގެ މައްޗަށް ދައުވާކޮށްފައި ވަނީ، 1990ގެ އަހަރުތަކުގައި އޭނާ ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި ހުންނެވި އިރު، ކަޅުފައިސާ ދޮވުމުގެ މުއާމަލާތްކޮށް، ލަންޑަނުން އަގުބޮޑު މުދާތަކެއް މިލްކުރިކަމުގެ ތުހުމަތުގައެވެ.
ފަނޑިޔާރު އާސިފް ސައީދު ޚޫސާ ބެންޗު ބަލަހައްޓަވާ ފަސް ފަނޑިޔާރުންގެ ބެންޗުން ވަނީ، ހަ ހަފްތާގެ ތެރޭގައި ނަވާޒް ޝަރީފާއި އޭނާގެ އާއިލާގެ މައްޗަށް ދައުވާކުރުމަށް ނޭޝަނަލް އެކައުންޓަބިލިޓީ ބޯޑުގެ މައްޗަށް އަމުރުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ