އިލެކްޝަން ކޮމިޝަނުން ބައި އިލެކްޝަން ބާއްވަން އުޅޭކަމަށް ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ ނިންމުމާއި ހިލާފަށް ދައްކަމުން އަންނަ ވާހަކަތަކެއް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަ ދައްކަވަމުން މެމްބަރު އަލީ ހުސެއިން ވިދާޅުވީ އިލެކްޝަން ކޮމިޝަނުން ބައި އިލެކްޝަން ބާއްވަން ދައްކާ ވާހަކަތަކަކީ ކަނޑައެޅިގެން ސުޕްރީމް ކޯޓުގެ ނިންމުމާއި ހިލާފު ވާހަތަކެއް ކަމަށާއި އެއީ ސުޕްރީމް ކޯޓަަށް ގޮންޖެއްސެވުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި އިކެޝަންސް ކޮމިޝަނުން ވަނީ ކޯޓުގެ ހުރުމަތް ކަނޑާލާފައި ކަމަށް އަލީ ހުސެއިން ވިދާޅުވިއެެވެ.
ހުސެއިން ވިދާޅުވީ ބައި އިލެކްޝަން ބާއްވަން ޖެހޭ އެއްވެސް ސަބަބެއް އަދި ހަމައެއް ހުރި ކަމަށް ގުޅިފައިވާ ޕާޓީ ތަކުން ގަބޫލު ނުކުރާ ކަމަށެވެ. އަދި ބައި އިލެކްޝަންއެއް ބާއްވަން ޖެހޭ ކަމަށް ގަބޫލު ނުކުރައްވަނީ މެމްބަރުންގެ ގޮނޑި ގެއްލޭނެ އެއްވެސް ހާލަތެއް ދިމާވެފައި ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ވާތީ ކަމަށް ވިދާޅުވެ އެފަދަ ހާލަތެއް ދިމާވި ނަމަ ސުޕްރީމްކޯޓުން އެކަމަކަށް ރިއާޔަތް ކުރެއްވީސް ކަމަށް ވިދާޅުވިއެވެ.
"ސުޕްރީމް ކޯޓުން ވަރަށް ސާފުކޮށް ބަޔާން ކޮށްފައި އެބައޮތް 13 ޖުލައި 2017ގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ 85 މެމްބަރުންގެ ގޮނޑިގެއްލޭ ފަދަ އެއްވެސް ސަބަބެއް ނުވެއޭ. އެހެން ވެގެންނޭ އެނިންމުން ސުޕްރީމްކޯޓުން ވަގުތީ ގޮތުން އެގޮތަށް ނިންމީ. ގުޅިފައިވާ ޕާޓީތަކުން ގަބޫލު ކުރަނީ އެލެކްޝަން ކޮމިޝަނުން ކުރަން އުޅެނީ ސުޕްރީމް ކޯޓުގެ ހުކުމަށް ގޮންޖައްސަވާ ކޯޓުގެ ހުރުމަތް ކަނޑާލުން ކަމަށް" އަލީ ހުސެއިން ވިދާޅުވިއެެވެ.
މެމްބަރު އަލީ ހުސެއިން ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ އެއްވެސް މިނިވަން ކަމެއް ނެތްތަން ފެންނަމުންދާ ކަމަށާއި މިނިވަން މުސްތަގިއްލު ތަނެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ބަދަލުގައި ރައީސް ޔާމީން ވިދާޅުވާ ގޮތަކަށް ނުވަތަ ސަރުކާރުން އަންގާހާ ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަދި ސުޕްރީމް ކޯޓުގެ ނިންމުން ތަންފީޒު ކުރުމަށްޓަކައި ގާނޫނީ ގޮތުން އަޅާނީ ކޮން ފިޔަވަޅުތަކެއްތޯ ގުޅިފައިވާ ޕާޓީތަކުން ދަނީ މަޝްވަރާކުރަމުން ކަމަށް އަލީ ހުސެއިން ވިދާޅުވިއެވެ.
ބައި އިލެކްޝަން ބާއްވަން އުޅުމަކީ ސުޕްރީމް ކޯޓަށް ގޮންޖެއްސެވުން - އަލީ ހުސެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ