ރައީސް ޔާމިނާއި އެއްވެސް ކަމެއްގައި ދެން މަޝްވަރާ ނުކުރާނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވުމުން ރައްޔިތުން މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) ރައީސް މައުމޫނަށް ރައްދުދެއްވައިފިއެވެ.
ރައީސް މައުމޫން ރޭ ދެއްކެވި ވާހަކަފުޅަށް ރައްދުދެއްވާ އަބްދުލްރަހީމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނާއި ގައުމުގެ ޙައްޤުގައި އިސްލާހީ މަސައްކަތް ކުރާނަމަ ގައުމުގެ ވަލިއްޔުލް އަމުރާއި މަޝްވަރާ ނުކުރެވޭނެ ހާލަތެއް އައިސްގެން ނުވާނެ ކަމަށެވެ.
އަދުރޭ މިއަދު ކުރި އިތުރު ޓްވީޓެއްގައި ވަނީ ކީރިތި ޤުރުއާނުގެ ދެއާޔަތަކާއި އެދެއާޔަތުގެ މާނަ ވެސް ހިމަނުއްވާފައެވެ.
ރައީސް މައުމޫން ރައްޔިތުން މަޖިލީހުގެ އިދިކޮޅު މެންބަރުންނާއި ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރޭ ވިދާޅުވީ ރައީސް ޔާމީން އާއި މަޝްވަރާ ކުރަން ދެން ވަޑައިނުގަންނަވާނެ ކަމަށެވެ.
"އަޅުގަނޑު އެތައް ފަހަރަކު މަޝްވަރާ ކުރަން އުޅުނިން. ދެން އަޅުގަނޑެއް މަޝްވަރާއަކަށް ނުދާނަން." ރައީސް މައުމޫން ވިދާޅުވިއެވެ.
ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތް ކަމުގެ މައްސަލަ އަށް ފަހު ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ރައްޔިތުންގެ މަޖިލިސް ތެރެއިން މަސައްކަތް ކުރައްވާނަންތޯ ސުވާލު ކުރުމުން ރައީސް މައުމޫން އެސުވާލަށް ސީދާ ޖަވާބެއް ނުދެއްވައެވެ.
އެމަނިކުފާނު ވިދާޅުވީ ކުރަން ހުރި ކަންތައްތައް ހުރީ ރޭވި އިދިކޮޅު ޕާޓީތަކުގެ މެދުގައި އެއްބަސްވުމަކަށް އާދެވިފައި ކަމަށެވެ.
ރައީސް ޔާމިނާއި މަޝްވަރާ ނުކުރާނެ ކަމަށް މައުމޫން ވިދާޅުވުމުން އަދުރޭ ރައްދުދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ