ހުކުމުގެ ކުރިން ހިނގާފައިވާ ކަމަކަށް، މެންބަރުންނާ ގުޅޭ ހުކުމުން އަސަރެއް ނުކުރާނެ: ސުޕްރީމް ކޯޓް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު މަޖިލީހަށް އިންތިހާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް އެ ކޯޓުން މިރޭ ބުނެފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރެއްގައި ބުނީ އެއީ މާޒީއަށް ރުޖޫއަވެވޭ ގޮތަށް ރެޓްރޯސްޕެކްޓިވް ކޮން ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫންކަން ހުކުމުން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ. އަދި މި ހުކުމަކީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި ޕާޓީތަކުގެ އަސާސީ ގަވައިދު އަދި އެހެން ގާނޫނަކުން ނުވަތަ ގަވައިދަކުން ވެސް ކަނޑައަޅާފައިވާ އިޖުރާއާތުތަކަށް ތަބާވުން އިސްތިސްނާ ކޮށްފައިވާ ހުކުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ