އެމްޑީޕީ އޮތީ ހިސާރުކޮށްފައިކަމަށާ އެކަމުގައި އިސްކޮށްހުރީ އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދުކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު މިހެން ވިދާޅުވީ އެމްޑީޕީގެ 12 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ އެޕާޓީގެ މެންބަރުނަށް ފޮނުވުމުގެ ގޮތުން ފޭސްބުކުގައި އާންމުކުރެއްވި ޕޯސްޓެއްގައެވެ.
"އެމްޑީޕީ އަކީ ވަރަށް މުނާސަބު ވަގުތެއްގައި އުފެދިގެންދިޔަ ޕާޓީއެކެވެ. ނަމަވެސް އެޕާޓީ އުފެދުމާއިއެކު އެޕާޓީ "ހިސާރު"ކުރީ ރާއްޖެއަށް އެހެން ދީންތައް ގެނައުމަށާއި، ބަނގުރާ ހުއްދު ކުރުމަށް ވަކާލާތުކުރާ "ލާދީނީ" ފިކުރުގެ މަދު ބައެކެވެ. މި ދެންނެވި މީސްކޮޅުގެ އެންމެ އިސް މީހަކަށް ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ." އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އަދި އެމްޑީޕީ ހިސާރުކޮށްފައި އޮތުމުން އެޕާޓީ އެކަމުން ސަލާމަތްކުރެވޭތޯ އެޕާޓީގެ އިންތިޚާބީ ތިން ރައީސުން މަސައްކަތްކުރިކަމަށާއި, އެގޮތުން އިބްރާހިމް އިސްމާއީލާއި، ޑރ މުހައްމަދު މުނައްވަރާއި، ޑރ އިބްރާހިމް ދީދީއަކީ އެކަމަށް މަސައްކަތް ކުރެއްވި ނަމަވެސް އެ ތިން ބޭފުޅުންވެސް ޕާޓީގެ ރައީސްކަމުން ދުރުކޮށްފައިވާކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެކަން އިއުލާންކުރުމާއި ގުޅިގެން އެޕާޓީއަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށްދެވި މަޖިލީހުގެ މިހާރު ނާއިބް ރައީސް މޫސާ މަނިކުވެސް އެމްޑީޕީން ވަކިކުރިކަމަށާ
ވޭތިވެދިޔަ 6 އަހަރު ދުވަހުގެ ތެރޭގައި އެމްޑީޕީގެ އިސް މަގާމުތަކަށް ބޭފުޅުން އިންތިޚާބުނުކޮށް އެމްޑީޕީގެ އެތޭރެ އިންތިޚާބުތައް ނުބާއްވާ ޕާޓީގައި އޮތް ޑިމޮކްރަސީގެ އުސޫލްތައް ފުނޑުފުނޑުކޮށްލާފައިވާކަމަށެވެ.
"މިނިވަން އިންސާފުވެރި އެތެރޭގެ އިންތިޚާބެއް ބާއްވައިފިނަމަ "ލާދީނީ" ޓީމު ބަލިވެދާނެކަމަށްޓަކައި އެފަދަ އިންތިޚާބެއް ނުބާއްވާ އެމްޑީޕީ ހިސާރުކޮށްގެން އެޕާޓީ އޮވެ ދަނީ ކުރިއަށެވެ." އުމަރުގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އެމްޑީޕީ ވަނީ ހިސާރުކޮށްފައި އިސްކޮށް ހުންނެވީ ރައީސް ނަޝީދު: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ