ކުރެންދޫ ދާއިރާގެ މެމްބަރު ބާރީ އަދިވެސް ހޮސްޕިޓަލްގައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިހުން ނެރުމުގެ ތެރޭގައި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލް ބާރީ އަބްދުﷲ އަށް ލިބިވަޑައިގެންނެވި ޒަހަމްތަކާ ގުޅިގެން އަދިވެސް އޭނާއަށް ހޮސްޕިޓަލްގައި ގެންދަވަނީ ފަރުވާ ދެއްވަމުންނެވެ.
އޭޑީކޭ ހޮސްޕިޓަލްގައި މެމްބަރު ބާރީއަށް ފަރުވާ ދެއްވަމުން ގެންދަވަނީ އޭނާގެ ބޮލަށް ލިބިފައިވާ ގެއްލުމަކާއި އެލާޖީގެ ސަބަބުން ކަމަށް ވެސް މައުލޫމާތު ލިބިފައި ވެއެވެ.
މެމްބަރު ބާރީގެ ސިއްހީ ހާލަތާ ގުޅޭ ގޮތުން އެމްޑީޕީގެ ޗެއާރޕާސަން ހަސަން ލަތީފް ވިދާޅުވީ ބާރީގެ ހާލު މިހާރު ރަނގަަޅުވަމުން އަންނަ ކަމަށެވެ.
"މެމްބަރުން މަޖިލީހަށް ވަނުމަށް ވަޑައިގެންނެވިއިރު، ފުލުހުންގެ ފަރާތުން ޕެޕަރ ސްޕްރޭކޮށް، އެކިއެކި ދެމުންދިޔަ. އެގޮތުން ބާރީގެ މޫނަށާއި ލޮލަށާއި އަނގަޔަށް ވަރަށް ބޮޑަށް ޕެޕަރ ސްޕްރޭ ކުރުމުގެ ސަބަބުން ނޭވާލުމަށް އުނދަގޫވެފައިވަނީ. އަދި ބޮލުގައި ރިއްސުން ވެސް ހުރި. އަދި ބާރީ ކޮށްޕާ އެކަހަލަ ކަންކަން ކުރުމުން ބުރަކައްޓަށާއި ކަރަށް ވަރަށް ބޮޑަށް ތަދުވެފަ ވަނީ،" ހަސަން ލަތީފް ވިދާޅުވި އެވެ.
Visiting Hon. Baree MP. He remains hospitalised suffering from injuries sustained when military forcibly removed him from the Parliament! pic.twitter.com/cxnGV6FVhG
މީގެއިތުރުން ހަސަން ލަތީފް ވިދާޅުވީ ހޯމަ ދުވަހު މަޖިލިސް މެމްބަރުންނަށް ގައުމީ ދިފާއީ ހިދްމަތްތަކުން އަމަލުކޮށްފައިވާ ގޮތް، އިންޓަރ ޕާލަމެންޓްރީ ޔޫނިއަނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ވެސް މިމައްސަލަ ހުށަހަޅާފައިވާ ކަމަށް ވެސް ހަސަން ލަތީފް ވިދާޅުވި އެވެ.
ގުޅިފައިފައިވާ ސިޔާސީ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރުން ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހަށް ވަޑައިގެންނެވުމުން މިލިޓަރީ ސިފައިންގެ ބަޔަކާއި ފުލުހުންގެ ބަޔަކު ވަނީ މަޖިލީހަށް ވަދެ މެމްބަރުން ވަރަށް އަނިޔާވެރިކޮށް މަޖިލީހުގެ އިދާރާއިން ނެރެފަ އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ