ގެއަކުން ވަގަށްނެގި 68،000 ރުފިޔާގެ ތަކެތި 12 ގަޑިއިރުތެރޭ ހޯދާ 3 މީހުން ހައްޔަރުކޮށްފި

ހއ. ހޯރަފުށި ކެތި ނަމަކަށް ކިޔާ ގެއަކުން ވަގަށް ނަގާފައިވާ ގިނައަދަދެއްގެ އިލެކްޓްރިކް ސާމާނުތަކެއް ވަގަށް ނެގިތާ 12 ގަޑިއިރު ތެރޭގައި ހޯދުމަށްފަހު އެކަމުގައި ބައިވެރިވި 3 މީހަކު ހޯރަފުށީ ޕޮލިސް ސްޓޭޝަނުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 21 އަހަރުގެ ފިރިހެނަކާއި 18 އަހަރުގެ ފިރިހެނެއްގެ އިތުރުން 17 އަހަރުގެ ކުއްޖެއް ކަމަށެވެ.
މި ތިން މީހުން ހައްޔަރުކޮށްފައި ވަނީ ގިނައަދަދެއްގެ އިލެކްޓްރިކް ސާނާމުތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލައާއި ގުޅިގެން ހޯރަފުށި ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި އިއްޔެގެ މެންދުރު ވަގުތެއްގައި މިތަކެތި ވިއްކާލުމަށް ހޯރަފުށިން މާލެއަށް ފުރަން އުޅުނު ބޯޓަކަށް އަރުވަން އުޅެނިކޮށެވެ.
އެގެއިން ވަގަށް ނަގާފައިވާ ތަކެތީގެ ތެރޭގައި ސޮނީ ބްރާވިއާ 32 އިންޗީގެ ފަތި ޓީވީ އަކާއި ސޮނީ ބްރާވިއާ ޓީވީއަކާއި އޭގެ ސްޓޭންޑާއި ޓީވީ ރިމޯޓަކާއި 02 ސްޓޭންޑް ސްޕީކަރ އާއި ސޮނީ ޑީވީޑީ ޕްލެޔަރަކާއި ޕިއޯރީ ޑީވީޑީ ޕްލެޔަރަކާއި އެމްޕްލި ފަޔަރ އާއި 04 ސޮނީ ރިމޯޓާއި ޕިއޯރީ ރިމޯރޓަކާއި 03 ކުޑަ ޕިއޯރީ ސްޕީކަރ އާއި 02 އޭވީ ވާގަނޑެއްގެ އިތުރުން ކަރަންޓް ވާގަޑަކާއި ސްޕީކަރ ވާގަނޑަކާއި 02 ޕިއޯރީ ސްޕީކަރާއި އޭގެ ސްޓޭންޑާއި ޕިއޯރީ ވޫފަރގެ އިތުރުން ސަންޔޯ ޕްރޮޖެކްޓަރާއި އޭގެ ކޭބަލް ހިމެނެއެވެ. މީގެ އިތުރުން
އެގޭގައި ދިރިއުޅޭ މީހެއްގެ ސެޓްފިކެޓެއް ވެސް ހިމެނެއެވެ.
ފުލުހުން ބުނީ މިތަކެތީގެ އަގު 68000 ދިވެހި ރުފިޔާއަށް އަރާކަމަށް ލަފާކުރެވޭ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ