ކޮވިޑް-19 ކޮންޓްރޯލްްކޮށް، ހާލަތު މެނޭޖް ކުރެވޭނެ:ސަރުކާރު

ކޮވިޑް-19 ގެ ބަލިމަަޑުކަމުން ރާއްޖެ ސަލާމަތްކޮށް، ހާލަތު މެނޭޖް ކުރެވޭނެ ކަމަށް ސަަރުކާރުން މިއަދު ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮފަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މި ހާލަތުގައި ކުރަން ޖެހޭ މަސައްކަތްތައްކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމުގެ ފުރިހަމަ ޔަގިންކަން ސަރުކާރަށް އެބަ އޮތް ކަމަށެވެ. ރައްޔިތުން މި ބަލިން ރައްކާތެރިކުރަން ސަރުކާރުން އޭރަކު ނިންމަން ޖެހުނު ކޮންމެ ކަމަކަށް ތައްޔާރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ ﷲ އިރާދަ ކުރެއްވިއްޔާ މި ކޮވިޑްގެ ބަލިމަޑުކަމުން ދިވެހިރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރާނަން. އަދި މި ހާލަތް އަޅުގަނޑުމެން މެނޭޖްކުރާނަން، އެކަމުގެ ފުރިހަމަ ޔަގީންކަން އަޅުގަނޑުމެންނަށް އެބަ އޮތް،" އަލީ ވަހީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮވިޑް-19 ރާއްޖެއަށް ފެތުރި އެންމެ ނުރައްކާތެރި ހާލަތަށް ގޮސް ރާއްޖޭގައި ހުރި ވަސީލަތްތަކަށް ނުތަކާވަރު ވެގެން ބޭރުން ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރާނެ އެވެ. ރާއްޖޭގައި މިހާރު މިއޮތީ ފްލޯޓިން ހޮސްޕިޓަލެއް ގެންނަން ޖެހޭ ހާލަތުގައި ނޫންތޯ ނޫސްވެރިއަކު އެހުމުން އަލީ ވަހީދު ވިދާޅުވީ އެފަދަ އެހީތެެރިކަމަކަށް އެދޭ ވަރު އަދި ނުވާ ކަމަށެވެ. ކޮންމެ ނުރައްކާތެރި ހާލަތަކަށް ރާއްޖޭގެ ކަންްތައްތައް ދިޔަ ނަމަވެސް މެނޭޖް ކުރުމުގެ ގާބިލުކަން ސަރުކާރުގައި އެބަަހުރި ކަމަށް ވެސް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.
މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަލީ ވަހީދު ވާހަކަ ދައްކަވަނީ.
"ކޮންމެ ނުރައްކާތެރި ހާލަތަކަށް ދިޔަ ނަމަވެސް މެނޭޖްކުރުމުގެެ ގާބިލުކަން ދިވެހި ޑޮކްޓަރުންނާއި ނަރުހުންނާއި ދިވެހިރާއްޖޭގެ ސިފައިންނާއި ފުލުހުންނާއި، މިކަމުގައި ތިބި މަސައްކަތްތެރިންގެ ހުރިކަން މިދަނީ، ގާތްގަނޑަށް ޑިސެމްބަރު 31 އިން ފެށިގެން ދިވެހިރާއްޖޭގައި ސާބިތުުކޮށްދެމުން،" އަލީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ބަލީގެ ހާލަތު މެނޭޖްކުރަން އެހެން ބަޔަކު އަންނާނީ ރާއްޖޭގެ ހިދުމަތްތެރިންނަށް މަސައްކަތް ނުކުރެވޭ ހާލަތަކަށް ދިއުމުން ކަމަށާއި ބޭރުގެ އެހީތެރިކަން ހޯދަން ޖެހޭ ހިސާބަށް އަދި ނުދާ ކަމަށެވެ.
"އަޅުގަނޑުމެން ވެއްޓުނީމާ އެހެން ބަޔަކު އަންނާނީ މި މަސައްކަތް ކުރަން އެހެންވީމާ ބޭރުގެ އެހީތެރިކަމެއް ހޯދަން ޖެހޭ ހިސާބަކަށެއް ނުދޭ،"
ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދުދު ދުވަހެއް ދުވަހަަކަށް ދަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދުގެ މިހަައިތަނަށް 12 މީހަކު އެބައްޔަށް ޕޮޒިޓިވްވި އިރު ރާއްޖޭގެ ޖުމްލަ އަކީ މިހާރު 226 އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ