ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑްރިން ދައުވާ ބައްލަވާ ކްރިމިނަލް ކޯޓުގެ ބެންޗާއި ގުޅޭ ގޮތުން ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ސުޕްރީމް ކޯޓަށް އިއްޔެ ޔާމީން ހުށަހެޅުއްވި މައްސަލައިގައި އެދިފައި ވަނީ ކްރިމިނަލް ކޯޓުގެ ބެންޗް އެކުލަވާލާފައި ވަނީ ޤާނޫނާއި ހިލާފަށް ކަމަށް ވާތީ ބެލެނިވެރިކަމުގެ އިހްތިސާސްގެ ދަށުން އެމައްސަލަ ބަލައިދިނުމަށެވެ.
ސުޕްރީމް ކޯޓުން މިއަދު ޔާމީނަށް ފޮނުވި ޖަވާބުގައި ވިދާޅުވީ ޔާމީން ހުށަހެޅި މައްސަލަ ކަމާބެހޭ އިދާރާ އަކަށް ހުށަހެޅިދާނެ ކަމަށާއި އެމައްސަލަ ބެލެނިވެރިކަމުގެ އިހްތިސާސްގެ ތެރެއިން ބަލަން ޖެހޭ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ޔާމީންގެ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު އިއްޔެ ވިދާޅުވީ ބެންޗެއް އެކުލަވާލަން ޖެހޭނީ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާކޮށްފައި ކަމަށާއި ނަމަވެސް ޔާމީންގެ މައްސަލާގައި ބެންޗުގައި އެކުލަވާލާފައިވަނީ އެއާ ހިލާފަށް ކުރިމިނަލް ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ގާޟީ އަލީ ރަޝީދު އަމިއްލައަށް ކަމަށެވެ.
ޔާމީންގެ މައްސަލަ ބައްލަވާ ބެންޗް އެކުލަވާލެއްވުމުގައި ޤާނޫނާއި ހިލާފު ކަންތައްތަކެއް ހުރިކަމަށް ޔާމީންގެ ވަކީލުން ވިދާޅުވާއިރު ބެންޗްގެ ރިޔާސަތުގައި އިންނަވާ ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ގާޟީ އަލީ ރަޝީދުގެ ސުލޫކީ މައްސަލައެއް ވެސް ޔާމީންގެ ވަކީލުން ކުރިން ވަނީ ޖޭއެސްސީ އަށް ހުށަހަޅާފައެވެ. ނަމަވެސް ސަރުކާރުގެ ސްޕް މެޖޯރިޓީ އޮންނަ ޖޭއެސްސީ އިން އަދި ގާޟީ އަލީ ރަޝީދުގެ މައްސަލަ ބަލާފައެއް ނުވެއެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ދައުވާ ކުރާ މަނީ ލޯންޑްރިން މައްސަލައިގެ ޙުކުމް އިއްވުން ކްރިމިނަލް ކޯޓުން ތާވަލް ކޮށްފައި ވަނީ މިއަދު މެންދުރު ފަހު 13:30 އަށެވެ.
ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ