ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރިކޯޑިން އާއްމު ކުރަން ފަށައިފި އެވެ.
Advertisement
އެކަން އިއުލާން ކުރީ މިރޭ އޮތް ޖުޑީޝަލް އަހަރު ފެށުމުގެ ރަސްމިއްޔާތުގަ އެވެ.މިރޭގެ ހަފްލާގައި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާން ވިދާޅުވީ އޯޑިއޯ ރިކޯޑިން އަޑުއެހުމުގެ އިންތިޒާމް ހަމަޖެހިފައި ވާއިރު، ޝަރީއަތްތަކުގެ ވީޑިއޯ ލައިވްކޮށް ބެލޭނެ ގޮތް ވެސް ބަޖެޓު ލިބުމުން ހަމަޖެހޭނެ ކަމަށެވެ.ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތްތަކުގެ އޯޑިއޯ ރިކޯޑިން އާއްމު ކުރަން ފެށިއިރު، އޯޑިއޯތައް އަޑު އެހޭނީ ސުޕްރީމް ކޯޓުގެ ވެބްސައިޓުންނެވެ. އެ ވެބްސައިޓުގައި ވަކިވަކި ޝަރީއަތްތަކުގެ އޯޑިއޯ ހުންނައިރު، މި އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކެއްގެ އޯޑިއޯ ވެސް ހިމެނެ އެވެ.
ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރިކޯޑިން އާއްމުކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ