ސުޕްރީމް ކޯޓު ފަނޑިޔާރުކަމަށް މަހާޒް އައްޔަން ކުރަން ރުހުން ދީފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ޑްރަގް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ދާދި ދެންމެ ފާސްކޮށްފި އެވެ.މަޖްލީހުގައި މިއަދު ވޯޓުގައި ޖުމްލަ 55 މެމްބަރަކު ވަނީ މަހާޒް އައްޔަން ކުރަން ވޯޓުދީފައެވެ. ޖުމްލަ 65 މެމްބަރުން މިއަދުގެ ޖަލްސާގައި ހާޒިރުވެ ތިއްބެވި އިރު 55 ވޯޓުން މަހާޒުގެ ނަންފުޅު ވަނީ ފާސްވެފައެވެ. ފާސްވާން ބޭނުން ވަނީ 28 ވޯޓު ކަން ފާހަގަކޮށްލެވެއެވެ. މަހާޒުގެ އިތުރުން ދެން މި މަޤާމަށް ރައީސް ސޯލިހް ފޮނުވާފައިވަނީ ކުރީގެ ބަންޑާރަ ނައިބު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދެވެ. ނަމަވެސް ދިޔާނާ ސައީދަށް ތާއީދު ނުކުރަން މިއަދުގެ ވަގުތެއްގައި އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ވަނީ ނިންމާފައެވެ. މަހާޒާއި ދިޔާނާގެ ނަމަށް ވޯޓަށް އެހި އިރު ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ މަޖްލީސް ތެރޭގައި އަޑުގަދަކޮށް ނުރުހުން ފާޅުކުރައްވާފައެވެ. އަދި މަޖްލީސް ހިންގަނީ އެމްޑީޕީ ހަރުގެ ހިންގާފަދައިން ކަމަށް ޖާބިރު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ