ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް ބޭފުޅަކު އައްޔަންކުރައްވައިފި އެވެ.
ޑީޖޭއޭ އިން ބުނީ ސުޕްރީމް ކޯޓުގެ ރަޖިސްޓްރާގެ މަގާމަށް އައްޔަންކޮށްފައި ވަނީ ސ.ހުޅުދޫ، ރަތްވިލާގެ އަލްއުސްތާޒާ ރައުފާ ހައިދަރު ކަމަށެވެ.
އަލްއުސްތާޒާ ރައުފާ ހައިދަރު އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅިވަޑައިގެންނެވީ 19 އޮކްޓޯބަރ 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަޤާމަށެވެ. އެއަށްފަހު 06 ނޮވެމްބަރ 2019 ގައި ލީގަލް މަޤާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔަކަމަށް ޑީޖޭއޭއިން ބުނެއެެވެ.
މީގެއިތުރަށް 08 އެޕްރީލް 2013 އިން، 7 މެއި 2014 އަށް އަލްއުސްތާޒާ ރައުފާ ހައިދަރު ވަނީ ވަގުތީގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރގެ މަޤާމުވެސް އަދާ ކުރަށްވާފަ އެވެ.
ޑީޖޭއޭ އިން ބުނީ ރައުފާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ޑީޖޭއޭއަށް މަތިކޮށްފައިވާ ޒިންމާގެ ތެރެއިން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ އަކަށް ރައުފާ އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ