ތިން ބިލަކަށް އާއްމުންގެ ހިޔާލު ހޯދުމަށް މަޖިލީހުން ހުޅުވާލައިފި

ތިން ބިލަކަށް އާއްމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހުޅުވާލައިފިއެވެ.
އެގޮތުން އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލާ، ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލާ، މަދަނީ އިޖުރާއަތުގެ ބިލަށެވެ. މީގެ ތެރެއިން ހުޅުވާލާފައިވަނީ، މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތް ކުރުމުގެ ބިލާއި ވިޔަފާރީގެ ދާއިރާގައި ވާދަވެރިކަން އުފައްދާ ދެމެހެއްޓުމުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާއިފައިވަނީ މިއަދުން ފެށިގެން 1 މާރިޗްގެ މެންދުރު ބާރަ ޖެހުމާ ހަމައަށެވެ.
އަދި މަދަނީ އިޖުރާއަތުގެ ބިލަށް އާއްމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މާރިޗް ދިހަ ވަނަ ދުވަހުގެ މެންދުރުގެ ބާރައިގެ ކުރިންނެވެ. މިތިން ބިލަށްވެސް ހިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކުން މަޖިލީހުގެ އީމެއިލްއަށް ހިޔާލު ފޮނުވުމާއެކު ލިޔުމުން މަޖިލީހުގެ އިދާރާއަށް ހިޔާލު ހުށަހެޅޭނެ ކަމަށް މަޖިލީހުގެ އިދާރާއިން ހާމަކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ