އެބަޔަކަށް ފައިދާ އޮތް ގޮތަކަށް އެބަޔަކު ކުރިއަށް ދާނެ، އެއީ ހަގީގަތް: ގާސިމް
ކޮންމެ ބަޔަކު ވެސް ކުރިއަށް ދާނީ އެބަޔަކަށް ފައިދާވާނެ ގޮތަކަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ. ގާސިމް މިހެން ވިދާޅުވެފައިވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބްގައި ޖޭޕީގެ ޓިކެޓް ދޭނެ މީހުން ކަނޑައެޅުމަށް ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ގާސިމް ވިދާޅުވީ ރިޔާސީ އިބްތިޚާބުގައި އެކުގައި ނުކުތުމަކީ ޑިމޮކްރެސީ ބަޔަކު ބުނާ ކަމަށެވެ. ނަމަވެސް މަޖިލިސް އިންތިޚާބުގައި އެކުގައި ނުކުތުމަކީ ޑިމޮކްރެސީއާ ޚިލާފު ކަމެއް ކަމަށް ހަމަ އެމީހުން ބުނާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ވަނީ ކިހިނެތްތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރަނގަޅުވީ ކަމެއް މިހާރު ވެސް ރަނގަޅު ވާން ޖެހޭނެ ކަމަށެވެ. ގާސިމް ވިދާޅުވިގޮތުގައި ޑިމޮކްރެސީ އަކީ އެއްބަސްވާގޮތެއްގެ ތެރެއިން ގިނަ ބަޔަކު ބޭނުންވާ ގޮތެވެ. "އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެބަޔަކަށް އެޑްވާންޓޭޖް އޮތް ގޮތަކަށް އެބަޔަކު ދާނެ. އެއީ އިންސާނީ ތޮބީއަތް. އެއާ ދޭތެރޭ މީހުން އެއްޗިހި ކިއުމުގެ އެއްވެސް ބޭނުމެއް ނެތް. ކިޔައިގެން ވެސް ނުވާނެ،" ގާސިމް ވިދާޅުވި އެވެ. އިތުރު ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ