އޭދަފުށީ އިންޖީނުގެ ހިންގުން އާތިފްއާ ހަވާލުކޮށްފި

މުހައްމަދު އާތިފް. ފޮޓޯ/އީވީފެނަކަ ކޯޕަރޭޝަން، އޭދަފުށީ އިންޖީނުގޭގެ ހިންގުން ފެނަކަ ބ. ރީޖަނަލް އޮފީހުގެ އެސިސްޓެންޓް މެނޭޖަރު މުހައްމަދު އާތިފް އާއި ހަވާލުކޮށްފިއެވެ
އާތިފްއާއި އޭދަފުށީ އިންޖީނުގެ ހިންގުން ހަވާލު ކުރިއިރު، އެ އިންޖީނުގޭގެ ސްޓޭޝަން މެނޭޖަރުގެ މަގާމުގައި ހުރި، އަހުމަދު އަންވަރު ވަނީ މިދިޔަ އަންގާރަ ދުވަހު ވަޒީފާއިން ސަސްޕެންޑް ކޮށްފައެވެ.
“އީޓީ” އަށް އެނގިފައިވާ ގޮތުގައި އާތިފް އާއި އިންޖީނުގެ ހިންގުން ހަވާލުކޮށްފައިވަނީ ވަގުތީ ގޮތުންނެވެ.
އާތިފް ވަނީ 1995 ވަނަ އަހަރު މިރަށު އިންޖީނުގެ ހުޅުވީއްސުރެ ފެށިގެން 2013 ވަނަ އަހަރާ ހަމައަށް އެތަނުގެ އިސް މަގާމުތައް އަދާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ