މުހްޔިއްދީން ސްކޫލް ކުދިން ޓްރީޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފި

ވިލިމާލޭ މުހްޔިއްދީން ސްކޫލްގައި ކިޔަވަމުންދާ ޙާއްސައެހީއަށް ބޭނުންވާ 33 ދަރިވަރަކު ޓްރީޓޮޕް ހޮސްޕިޓަލަށް ޒިޔާރަތްކޮށްފައެވެ.
މުހްޔިއްދީން ސްކޫލް ކުދިންގެ މިޒިޔާރަތަކީ ޓްރީޓޮޕް ހޮސްޕިޓަލުންދޭ އެކި ޚިދުމަތްތައް ބަލާލާއި މަޢުލޫމާތު ހޯދުމަށް ކުރި ޒިޔާރަތެއްކަމަށް އެހޮސްޕިޓަލުން ބުނެއެވެ. އެހޮސްޕިޓަލުގެ ޓީމާ އެކުދިން ބައްދަލުކުރުމަށް ކުރި ޒިޔާރަތުގައި ކުދިންގެ ބެލެނިވެރިންވެސް ބައިވެރިވިއެވެ.
މިޒިޔަރަތުގައިވަނީ އެހޮސްޕިޓަލުގެ ފިޒިއޮތެރަޕީއާއި ސްޕީޗް ތެރަޕީގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކުގައި ޢަމަލީގޮތުން ކުދިން ބައިވެރިކޮށް ޚިދުމަތްތައް ތަޖްރިބާކޮށްފައެވެ. އަދި މި ޒިޔާރަތުގައި އުފާވެރި ހިތްހަމަޖެހޭ ވަގުތުކޮޅެއް ކުދިންނާއި ބެލެނިވެރިންނާއި ހޮސްޕިޓަލްގެ މުވައްޒަފުން ހޭދަކޮށްފައިވާކަން ޓްރީޓޮޕް ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ