ސުޕްރީމް ކޯޓު ރިސެސްއަށް ހިނގައްޖެ
އެއް މަސް ދުވަހުގެ ރިސެސްއަކަށް ސުޕްރީމް ކޯޓު ހިނގައްޖެ އެވެ. ކޯޓުތަކުގެ ގާނޫނު އޮންނަ ގޮތުން ސުޕްރީމް ކޯޓުން ރިސެސްގެ މުއްދަތަކީ ކޮންމެ އަހަރެއްގެ ނޮވެމްބަރު މަހުގެ ފަހު ހަފުތާގެ ރަސްމީ ފަހު ދުވަހުން ފެށިގެން ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ރަސްމީ މަސައްކަތުގެ ދުވަހާ ހަމައަށެވެ. އެހެން ކަމުން މިއަދުން ފެށިގެން 02 ޖަނަވަރީ 2019 ވަނަ ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައެވެ. ކޯޓު ރިސެސްގައި އޮތް ނަމަވެސް، ޤާނޫނު އަސާސީގެ ނުވަތަ ޤާނޫނެއްގެ ދަށުން ވަކި ކަމެއް، ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހިފައިވާ ޙާލަތެއްގައި އަޑުއެހުންތައް ސުޕްރީމް ކޯޓުން ބޭނުން ނަމަ ކުރިއަށް ގެންދެވޭނެ އެވެ. ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ޅ)ގައި ބުނާ ފަދައިން ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި ޝަރީޢަތުގެ އަޑުއެހުމެއް ނުބޭއްވިކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި އިދާރީ މަސައްކަތްތައް ރިސެސްގެ ދުވަސްވަރުގައި މެދުކެނޑިގެންނުދާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ