ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ގުރައިދޫގައި ކުރިއަށް ގެންގޮސްފި

ކުށްމަދު އަމާން ވެއްޓެއް ޤާއިމް ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ތ.ގުރައިދޫ ޕޮލިސް ސްޓޭޝަނުން އެރަށުގައި ކުރިއަށް ގެންގޮސްފިއެވެ.
ފެބުރުވަރީ 04 ވަނަ ދުވަހު ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އޮޅުންފިލުވައި ގުރައިދޫގައި ކުށްތައް ހިންގަން މެދުވެރިވާ ސަބަބުތަކާއި، ގޯތިގެދޮރާއި މުދާރައްކާތެރި ކުރުމަށްޓަކައި އެޅިދާނެ ފިޔަވަޅުތަކާއި، ބޭނުންކުރެވިދާނެ ވަސީލަތްތަކާއި އަދި ކުށްމަދުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ރައްޔިތުންނަށް މަޢުލޫމާތު ދީފައިވެއެވެ.
މީގެއިތުރުން ކުށެއް ހިންގައިފިނަމަ ވީއެންމެ އަވަހަކަށް ފުލުހުންނަށް އެ މަޢުލޫމާތު ހިއްސާ ކުރުމަށާއި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅާފަރާތްތަކަށް މިހާރަށްވުރެން ބޮޑަށް ސަމާލުކަން ދިނުމާއި އެފަދަ ކޯލްތަކަށް ޖަވާބުދާރީ ނުވުމަށް އިރުޝާދު ދީފައިވެއެވެ.
ރައްޔިތުން ހޭލުންތެރިކުރުމަށް މިފަދަ ގިނަ ޕްރޮގްރާމްތަކެއް އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ