މެންބަރު އަބުޅޯގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދު (އަބުޅޯ)ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިގޮތަށް ނިންމާފައިވާއިރު އެ ކޯޓުން މީގެ ކުރިން ވަނީ 12 މެމްބަރުންގެ ތެރޭގައި ހިމެނޭ 4 މެމްބަރެއްގެ ގޮނޑި ނުގެއްލޭ ކަމަށްވެސް ނިންމާފައެވެ. މި މަހުގެ 08 ވަނަ ދުވަހު ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ހަތަރު މެންބަރުންނަކީ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން އާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހީމްގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފްއެވެ. މި ހަތަރު މެމްބަރުންވެސް ވަނީ މަޖިލީހުގެ ތިންވަނަ ދައުރުގެ ފުރަތަމަ ޖަލްސާއިންފެށިގެން މަޖީހުގެ ޖަލްސާތަކުގައި ބައިވެރި ވަޑައިގަންނަވަމުންނެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ، 12 މެމްބަރުންގެ ތެރެއިން ބަކީ ތިއްބެވި 7 މެމްބަރުންގެ ތެރެއިން ބައެއް މެންބަރުންގެ މައްސަލައިގައި ހުކުމް ކުރުން ވެސް މިއަދަށް ވަނީ ތާވަލްކޮށްފައެވެ. އެގޮތުން މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީގެ ގޮނޑީގެ މައްސަލައިގައި ހުކުމް ކުރުން ވަނީ ތާވަލް ކުރެވިފައެވެ.
ގޮނޑި ގެއްލުނު 12 މެންބަރުންގެ ތެރެއިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ