އަމީރު އަހުމަދު މަގު މިއަދު ހަވީރު ހުޅުވާލަނީ

ބަންޑާރަ ކޮށި ސަރަހައްދުގައި ހިމެނޭ އަމީރު އަހުމަދު މަގު މިއަދު ހަވީރު އަލުން ހުޅުވާލުމަށް ތައްޔާރުވެއްޖެއެވެ.
ކުރިން މާބްލް ޖަހާފައިވާ މި ސަރަހައްދުން މާބްލް ނައްޓައި، މިމަގުގައި އަލުން ގާ އަޅާފައިވަނީ ޓްރެފިކްއަށް ލުޔެއް ގެނައުމަށްކަމަށް ވަނީ ބުނެފައެވެ.
މިއަދު ހަވީރު މިމަގު އާންމު ޓްރެފިކަށް ހުޅުވާލުމާއި އެކު ކުރިއެކަޭ އެއްފަދައިން ހުޅަނގުން އިރަށް އެމަގުން ދުއްވޭނެއެވެ.
މިމަގުގެ މަސައްކަތް ކޮށްފައިވަނީ ފްލޭނިންގް އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީއާއި މާލޭ ކައުންސިލް ގުޅިގެންނެވެ.
މިމަގުގެ ސަރަހައްދެއްގައި ވަނީ ކަފިހި ހުރަސްވެސް ކުރަހައި، ހިނގާ މީހުން ހުރަސްކުރަން ފަސޭހަވާނެފަދަ ގޮތަކަށް ތަރައްގީކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ