ކެނދިކުޅުދޫގެ ކަރަންޓުގެ މައްސަލާގައި މަޖިލީހަށް ކުއްލި މައްސަލައެއް

ނ. ކެނދިކުޅުދޫއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރަށް ގޮވާލާ އެކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް ކުއްލި މައްސައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެ މައްސަލަ އަށް މިއަދުގެ ޖަލްސާގައި ބަހުސްކޮށްފިއެވެ.
 
މިއަދުގެ ޖަލްސާއަށް މިމައްސަލަ ހުށައެޅުއްވީ ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ. ކުއްލި މައްސަލަ ހުށަހަޅުއްވަމުން އަހުމަދު އީސާ ވިދާޅުވީ އޭނާ ނިސްބަތްވާ ކެނދިކުޅުދޫގައި ކަރންޓްގެ ޚިދުމަތް ނުލިބި ތިން ދުވަސް ވެފައިވާ ކަމަށާއި ސަރުކާރުން މިމައްސަލަ ހައްލު ކޮށްދޭންޖެހޭ ކަމަށެވެ.
 
މިމައްސަލައަށް ބަހުސް ކުރެއްވި އެމްޑީޕީގެ މެންބަރުން ވިދާޅުވީ ރައީސް ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ކަރަންޓްގެ ޚިދުމަތް ރައްޔިތުންނަށް ފުރިހަމަޔަށް ފޯރުކޮށްދީފައިވާ ކަމަށާއި ނަމަވެސް ރައީސް ވަހީދު ވެރިކަމާއި ހަވާލުވުމަށްފަހު ކަރަންޓްގެ ހިދުމަތް ރައްޔިތުންނަށް އެދެވޭ ގޮތެއްގައި ފޯރުކޮށް ނުދެވޭ ކަމަށެވެ.
 
 
އެމްޑީޕީއާއި އިދިކޮޅު މެންބަރުން ވިދާޅުވީ މިއަދު ބައެއް ރަށްރަށުގައި ކަރަންޓް ނެތި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކަކީ އެމްޑިޕީގެ ތިން އަހަރުގެ ވެރިކަމުގައި ކުރި ކަންތައްތަކެއްގެ ސަބަބުން ދިމާވެފައިވާ މައްސަލަތަކެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ