އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ސަސްޕެންޑް ކޮށްފި

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވެސް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދެންމެ ސަސްޕެންޑްކޮށްފި އެވެ.
އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް އިއްޔެ ސަސްޕެންޑް ކޮށްފައިވާއިރު، ޖޭއެސްސީން މިއަދު ބުނީ، އުއްތަމަ ފަނޑިޔާރާ މެދު ވެސް އެ ފިޔަވަޅު އެޅީ، އެމަނިކުފާނު ފުލުހުންގެ ބަންދުގައި ހުންނެވުމުން ކަމަށެވެ.
އަދި އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން މިހާތަނަށް ފުލުހުންނަށް ލިބިފައިވާ ހެކިތަކަށް ބަލައި، ދައުލަތުގެ ތަހުގީގީ އިދާރާތަކުން އެ މައްސަލާގައި ގޮތެއް ކަނޑައަޅައި ޖޭއެސްސީ އަށް އަންގައި، އެ ކޮމިޝަނުން ގޮތެއް ކަނޑައަޅަންދެން އެމަނިކުފާނު ސަސްޕެންޑް ކުރީ ކަމަށް ޖޭއެސްސީން ނެރުނު ބަޔާނުގައިވެ އެވެ.
ތަފުސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ