ކުރިއަށް އޮތް ރިޔާސީ އިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަަގީންކަން އެބައޮތް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު އެހެން ވިދާޅުވީ ތ.ވޭމަންދޫގައި ވެރިކަން ކުރާ ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ސައީދު ވިދާޅުވީ މާތްﷲގެ އިރާދަފުޅާއެކު ދެ ކަމެއް ޔަގީންވާ ކަމަށެވެ. އެއީ 2018 ގެ އިންތިހާބު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމާއި، ދެން ރާއްޖޭގައި ހިންގާނީ އެމަނިކުފާނުގެ ފިކުރު ކަމުގެ ޔަގީންކަން ކަމަށް ސައީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް މިއަދު ޔަގީންވެގެންދާ ކަމަކީ އެމަނިކުފާނު ﷲގެ ތިޔާގި ވާގިފުޅުން އަޅުގަނޑުމެންނަށް 2018 ކާމިޔާބުވާނެ. އަދި އެއަށްވުރެ ބޮޑަށް ޔަގީންވާ އެއްޗެއް ﷲގެ ވާގިފުޅައެކު އެބައޮތް. އެއީ މި ގައުމުގައި ދެން ހިނގާނީ ރައީސް ޔާމީންގެ ފިކުރުކަން،" ސައީދު ވިދާޅުވިއެވެ.
އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ ރާއްޖޭގެ ކުރީގެ ބަތަލުންގެ ހަނދާން އާ ކުރަމުންދާ އިރު ރައީސް ޔާމީނަކީ ދިރިހުރި ބަތަލެއް ކަމަށެވެ.
ސައީދުވަނީ އިދިކޮޅު ލީދަރުންނަށް ރޭގެ ޖަލްސާގައި ވެސް ފާދު ވިދާޅުވެފައެވެ. އެގޮތުން ރާއްޖެއަށް އަންނަމުންދާ ތަރައްގީ ފެންނަ އިރު ވެސް ނުފެންނަ ކަމަށް ހަދައި އަޑު ނީވޭ ކަމަށް ހަދައިގެން ތިބި ކަމަށް ވިޮދާޅުވިއެވެ. އަދި ރާއްޖޭގެ މިނިވަންކަން ނަގާލަން ދެތިން މީހަކު ނެރެގެން ބަޔަކު ކުރި މަސައްކަތެއްގައި ބައިވެރިވީތީ ހިތާމަ ކުރާ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަޡށް ވަޑައިގެންނެވީ ދަތި އުނދަގޫ ދުވަސްވަރެއްގައި ކަމަށާއި ނަމަވެސް އެމަނިކުފާނުގެ ހިތްވަރުފުޅުން ގައުމު ސަލާމަތްކޮށް ހަމަހަމަކަމާއެކު ވަކި މީހަކު ތަފާތު ކުރުމެއް ނެތި ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށް ސައީދު ފާހަގަ ކުރެއްވިއެވެ.
2018 ގެ އިންތިހާބު ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް: ސައީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ