ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ދިރިއުޅުއްވަމުން ގެންދަވާ ހ. ސިސިލްހިޔާގެ އެޕާއެޕާޓްމަންޓަށް ފުލުހުން ވަދެ ފާސް ކުރަން ފަށައިފިއެވެ.
ފުލުހުން އީވާ ދިރިއުޅުއްވާ އެޕާޓްމަންޓަށް ވަދެ ފާސް ކުރަމުން އަންނަ އިރު މިއަދު މެންދުރު އީވާގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) ވަނީ އެމްޑީޕީ އޮފީހުގައި ހުއްޓާ ހައްޔަރުކޮށްފައެވެ.
މިރޭ ފުލުހުން ބޭއްވި ނޫސް ކޮންފަރެންސްގައި ވިދާޅުވީ ސާބެ އާއި އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވަމުންދާ ހަސަން އަހުމަދު (ރ.އަލިފުށީ/ހަޒާރީގެ)، އިލްޔާސް ލަބީބް (ސ.ހުޅުދޫ/ ބްލޫ ސްކައި)، އަދި ހުސައިން އިލްހާމް (ގ.ޗަނބޭލީގެ) ހައްޔަރުކޮށްފައިވަނީ މާލެ ތެރެ ހަލަބޮލިކޮށް ބައެއް ތަންތަނުގައި ހުޅުޖެހުމަށް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.
ނޫސް ކޮންފަރެންސްގައި ފުލުހުންގެ ތަރުޖަމާން ސުޕުރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ މި މައްސަލަ އާއި ގުޅިގެން ފުލުހުން އޮޕަރޭޝަނެއް ފަށާފައިވާ ކަމަށާއި ބައެއް މީހުން ހޯދަމުން އަންނަ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުން އީވާ ދިރިއުޅުއްވަމުން ގެންދެވި އެޕާޓްމަންޓް ބަލައި ފާސް ކުރީ ފުލުހުންގެ ބަންދުގައި މިވަގުތު ހުންނެވި އީވާގެ ފިރިކަލުން ސާބެގެ ހާޒިރުގައެވެ. ބަލައި ފާސް ކުރުމަށް ފަހު އެއްޗެއް ގެންދިޔަ ކަމެއް އަދި ސާފެއް ނުވެއެވެ.
ތަފްސީލް އަންނަނީ…
މެމްބަރު އީވާގެ އެޕާޓްމަންޓް ފުލުހުން ފާސް ކުރަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ