އަތޮޅުތެރޭގެ ކަރަންޓް މާލެ އާއި އެއް އަގަކަށް ކުޑަކޮށްފި

އަތޮޅުތެރޭގެ ރަށްތަކަށް ކަރަންޓް ދެމުން އައި އަގު ބައެއް ބޭންޑްތަކުން ހެޔޮކޮށް މާލެ އާއި އެއް ހަމައަކަށް ކަރަންޓްގެ އަގު ގެންނަން ސަރުކާރުން ނިންމާފައިވާކަން އިއުލާން ކޮށްފިއެވެ.
އަގު އެއްކޮށްފައި ވަނީ 400 ޔުނިޓާއި ހަމައަށެވެ.
މިކަން އިއުލާން ކުރީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވާރްމަންޓް މިނިސްޓަރ ޠާރިގު އިބްރާހިމް އެވެ.
މިނިސްޓަރު ވިދާޅުވީ މިބަދަލާއި އެކު އަތޮޅުތެރޭގެ އާބާދީގެ 85 އިންސައްތަ މީހުންނަށް ކަރަންޓްގެ އަގު ހެޔޮ ވާނެއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ