މެމްބަރު ފަލާހު ދޫކޮށްލައިފި

އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު ފުލުހުން ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
ފަލާހު ހައްޔަރު ކޮށްފައި ވަނީ އެމްޑީޕީ ހަރުގެ ކުރިމަތީގައި ގުޅިފައިވާ ފަރާތްތަކުން އަންގާރަ ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިންނެވެ.
އަންގާރަ ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުންތަކުގައި ފަލާހާ އެކު ފަސް މީހަކު ފުލުހުން ހައްޔަރު ކުރިއެވެ. ނަމަވެސް ތިން މީހަކު ފުލުހުން ވަނީ ފަހުން ދޫކޮށްލާފައެވެ. ފުލުހުން ދޫކޮށްލި ތިން މީހުންނަކީ މ. ކުނޫޒު ސަރަހައްދުން ހައްޔަރު ކުރި ތިން މީހުންނެވެ. އެ ތިން މީހުން ދޫކޮށްލާފައި ވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ފަހުއެވެ.
ފަލާހު ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މުޒާހަރާ ކުރިއަށް ދަނިކޮށް، ފުލުހުންތަކަކާ ވާހަކަތަކެއް ދައްކަމުންދަނިކޮށެވެ. އޭނާ ހައްޔަރު ކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފާއިތުވެދިޔަ ދެ ދުވަހު ވެސް މުޒާހަރާތަކުން ހައްޔަރު ކުރި މީހުން ދޫކޮށްލާފައި ވަނީ ބަންދުކުރާތާ، 24 ގަޑިއިރުވާން ކައިރިވެފައިވަނިކޮށެވެ. މުޒާހަރާތަކުން ހައްޔަރު ކުރާ މީހުން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް މިދުވަސްވަރު ހާޒިރެއް ނުކުރެއެވެ.
އިދިކޮޅު އެއްވުމުގެ ތެރެއިން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ) ހޯމަ ދުވަހުގެ ރޭ އެއްވުކުގެ ތެރެއިން ހައްޔަރު ކުރުމަށް ފަހު އަންގާރަ ދުވަހުގެ ރޭ ވަނީ ދޫކޮށްލާފައެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ