މާވަރުލު އެއާޕޯޓް - ޒުވާނުންނަން ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާ ކޮށްފި

ގދ. މާވަރުލުގައި ތައްރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މައްސަކަތް ގާތުން ބެލުމަށާއި އެއާޕޯޓާއެކު އުފެދޭނެ ފުރުސަތުތަކުގެ މައުލޫމާތު ޒުވާނުންނާ ހިއްސާ ކުރުމަށް ޕީޕީއެމް ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން އިސްވެހުންނަވައިގެން އެ އާޕޯޓަށް އިއްޔެ ދަތުރެއް ކޮއްފިއެވެ.
މި ދަތުރާއި ގުޅޭގޮތުން " ވަގުތު " އަށް މައުލޫމާތު ދެއްވަމުން ގެމަނަފުށީ ދާއީރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޖަމީލް އުސްމާން ވިދާޅުވީ މި ދަތުރުގެ ބޭނުމަކީ ގދ. މާވަރުލުގައި ތައްރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ މައްސަކަތް ގާތުން ބެލުމަށާއި އެއާޕޯޓާއެކު އުފެދޭނެ ފުރުސަތުތަކުގެ މައުލޫމާތު ޒުވާނުންނާ ހިއްސާ ކުރުމަށް ކުރާ ދަތުރެއްކަމަށެވެ.
" އަޅުގަނޑުމެން އިއްޔެ ވާނީ އެއާޕޯޓަށް ތަރައްގީ ކުރާ ސަރަހައްދަށް ދަތުރެއް ކޮށްފަ, އެއާޕޯޓަށް ތަރައްގީ ކުރުމުގެ މައްސަކަތް ދަނީ ބާރަށް ކުރިއަށް, ނިންމަން ޖެހޭ ތާހިރުގެ ކުރިން އެއާޕޯޓު އެޅުމުގެ މައްސަކަތް ނިމޭނެ ކަމުގެ ފުރިހަމަ ޔަގީން ކަން އެބައޮތް " ޖަމީލް އުސްމާން ވިދާޅުވިއެވެ.
މި ދަތުރުގައި އެއާޕޯޓާއި އެކު ޒުވާނުންނަށް ލިބޭނެ ފުރުސަތުތަކާއި އިގްތިސާދީ ގޮތުން އަންނާނެ ކުރި އެރުމާއި ޓޫރިޒަމް އަށް އަންނާނެ ކުރި އެރުން ވާނީ ޒުވާނުންނާއި ހިއްސާ ކޮއްފައި ކަމަށް ޖަމީލް އުސްމާން ވިދާޅުވިއެވެ.
ގދ. މާވަރުލު އެއާޕޯޓު އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފައިވާއިރު މާވާރުލު އެއާޕޯޓުގެ ރަންވޭ އާއި އޭޕްރަންގެ އިތުރުން ޓެކްސީވޭ ގެ މަސައްކަތްތައް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު، މީގެކުރިން ވެސް އެރަށުގައި އެއާޕޯޓު އެޅުމަށް އެކި ފަހަރުމަތިން އެކި ފަރާތްތަކާއި ހަވާލުކޮށްފައިވެއެވެ.
ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން އެޅުމަށް ހަމަޖެހިފައިވާ އެ މަޝްރޫއަށް 57 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވެއެވެ.
އެމްޓީސީސީ އިން ބުނީ، މާވަރުލު އެއާޕޯޓުގެ މަސައްކަތްތައް ނިންމަން ފަސް މަހުގެ މުއްދަތެއްދީފައިވީ ނަމަވެސް އޭގެކުރިން އެމަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މިދިޔަ އަހަރު ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެފައިވަނީ ހދ. ކުޅުދުއްފުއްޓާއި، ށ. ފުނަދޫ އާއި، ފ. ނިލަންދޫ އާއި، ގދ. މާވަރުލުގެ އިތުރަށް ގދ. ފަރެސްމާތޮޑާގައި ސަރަހައްދީ ވައިގެ ބަނދަރު ގާއިމުކުރުމުގެ އަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ