އުނގޫފާރު ދާއިރާގެ ޕީޕީއެމް ޓިކެޓަށް އަފްރާޝީމްގެ ކޮއްކޮ ވާދަކުރަނީ

ރައްޔިތުން މަޖިލީހުގެ އުނގޫފާރު ދާއިރާ ބައި އިލެކްޝަނުގައި ޕީޕީއެމުން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ޕީޕީއެމްގެ ޓިކެޓު ޑރ.އަފްރާޝީމް އަލީގެ ކޮއްކޮ ވާދަކުރަން ނިންމަވާފައިވާ ކަމަށް ޕީޕީއެމްއިން ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ އިންތިގާލީ ނައިބު ރައީސް އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވީ ރަހްމުކުޑަ ގޮތަކަށް އަފްރާޝީމް އަވަހާރަކޮށްލާފައިވާތީ، އެ ޕާޓީގެ ކައުންސިލުން ކުރިން މަޝްވަރާކުރީ ޕާޓީގެ ޓިކެޓް ޕްރައިމަރީއަކާ ނުލައި އަފްރާޝީމްގެ އާއިލާގެ ބޭފުޅަކަށް ދިނުމަށް ކަމަށާއި ނަމަވެސް ޕީޕީއެމްގެ އަސާސީ ގަވައިދު އެގޮތަށް ތަން ނުދޭ ކަމަށެވެ.
އެހެންކަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގުރޫޕުގެ މަޝްވަރާއާ އެކު މިހާރު ނިންމީ ޕްރައިމަރީއަކަށް ފަހު ޕާޓީގެ ޓިކެޓްގައި ވާދަކުރާނެ މީހަކު ހޮވަން ކަމަށާއި އާއިލާ އިން ވެސް ބޭނުން ވަނީ ޕާޓީގެ އަސާސީ ގަވާއިދާ އެއްގޮތަށް ޕީޕީއެމް ޓިކެޓަށް އެދުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލުމަށް ކަމަށެވެ.
އުނގޫފާރު ދާއިރާގެ ގޮނޑި އަށް ޕީޕީއެމްގެ ކޮންމެ މީހަކަށް ވެސް ކުރިމަތިލެވޭ ގޮތަށް އެ ޕާޓީން ބުރާސްފަތިދުވަހު ވަނީ ފުރުސަތު ހުޅުވާލައިފަ އެވެ.
އެޕާޓީން ބުނީ އުނގޫފާރު ދާއިރާ އަށް ޕީޕީއެމް ޓިކެޓްގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 15 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ. އެކަކަށް ވުރެ ގިނަ މީހުން ކުރިމަތިލައިފި ނަމަ، ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީއަކުން ކަމަށާއި އެ ޕްރައިމަރީ މި މަހުގެ 18 ގައި ބާއްވާނެ ކަމަށް ވެސް އެޕާޓީން ބުނެ އެވެ.
އެމްޑީޕީން ވެސް އުނގޫފާރު ދާއިރާ އަޅުގަނޑު ވަނީ އެ ދާއިރާ އަށް އެމްޑީޕީން ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ވެސް އެ ޕާޓީގެ ޓިކެޓަށް އެދުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 1 ވަނަ ދުވަހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ