މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ޑރ. ޝަހީދު ވިދާޅުވެއްޖެ

ފޮރިން މިނިސްޓަރ ކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާ ކަމަށް ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ. ޑރ. ޝަހީދު އިސްތިއުފާ ދެއްވައިފި ކަމަށް މިއަދު މާލޭގައި ފެތުރުނު ވާހަކަތަކާ ގުޅޭ ގޮތުން ހަވީރު އޮންލައިން އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން މިރޭ 30: 7 އެހާކަށްހާއިރު އޭނާ ވިދާޅުވީ އަދިވެސް ހުންނެވީ ފޮރިން މިނިސްޓަރގެ މަގާމުގައި ކަމަށެވެ.
"އަޅުގަނޑު މިއަދު ރައީސްއާ ބައްދަލުކޮށް ދެންނެވިން ކޮރަޕްޓް ޕޮލިޓީޝަނުން ބޭނުންހާ ގޮތެއް އަޅުގަނޑަށް ހެދިޔަ ދޭކަށް ބޭނުމެއްނޫނޭ. ކޮރަޕްޝަން ނައްތާލުމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް (އެބައްދަލުވުމުގައި) އެމަނިކުފާނު ވައުދުވެ ވަޑައިގަތް،" ޑރ. ޝަހީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ