އެފްރިކާގެ އެންމެ ފަގީރު ހަތް ގައުމެއްގެ ކަރަންޓު ހިދުމަތް ތަރައްގީ ކުރަން ހަތް ބިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީ ދޭން އެމެރިކާއިން ނިއްމައިފިއެވެ. 
އޮބާމާ މިހާރު އެފްރިކާގެ ގައުމުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާއި ދިމާކޮށް ވައިޓްހައުސް އިން އިއުލާންކުރި އެހީ ދޭގޮތައް ހަމަޖެހިފައި ވަނީ އިތިއޯޕިއާ، ކެންޔާ، ލައިބީރިއާ، ނައިޖީރިއާ، ޓެންޒޭނިއާރ، ޔުގެންޑާ އަދި މޮޒަންބީކްގެ ކަރަންޓްގެ ހިދުމަތް ތަރައްގީ ކުރުމަށެވެ.
ސަބް ސަހަރާން އެފްރިކާގެ ގައުމުތަކުގެ ގޮތުގައި އޮންނަ މިގައުމުތަކުގެ ތެރެއިން ތިންބައިކުޅަ ދެބައި މީހުންނަށް ކަރަންޓުގެ ހިދުމަތެއް ނުލިބެއެވެ.
މިގައުމުތަކަށް ކަރަންޓުގެ ހިދުމަތް 2030 ގެ ކުރިން އެކަށީގެންވާ ގޮތައް ހަމަޖެއްސުމަށް ތިންސަތޭކަ ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވެއެވެ.
    
    އެފްރިކާ ބައްރުގެ ކަރަންޓުގެ ހިދުމަތް ތަރައްގީކުރަން ހަތް ބިލިއަން ޑޮލަރުގެ އެހީ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
             
             
             
             
            