އެމްޑީޕީން މަޖިލީހަށް ހުށައަޅާފައިވާ ރައީސުލް ޖުމުހޫރިއްޔާ އާއި ހޯމް މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ އެޕާޓީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ރާއްޖޭންބޭރުގައި އުޅުއްވުމަށްފަހު މިއަދު މާލެވަޑައިގެން މީޑިޔާއަށް ދެއްވި ބަސްދީގަތުމުގައި ގާސިމް އިބްރާހިމް ވިދާޅުވީ އެމްޑީޕީއަށް އެވޯޓު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އަދި އެފަދަ ގާބިލްކަމެއްވެސް އެޕާޓީގައި ނެތްކަމަށެވެ. ގާސިމް ވިދާޅުވީ ސަރުކާރުގެ ކަންކަން ކުރިއަށްދަނީ ރަނގަޅަށް ކަމުގައި އެމަނިކުފާނު ގަބޫލުފުޅު ކުރައްވާކަމަށާއި ސަރުކާރުން މުޖުތަމައު އަމާންކުރުމަށް ކުރާ މަސައްކަތްތަކަށް ތާއީދު ކުރައްވާކަމަށެވެ.
ގާސިމް ވިދާޅުވީ އެމްޑީޕީން މިހާރު ކުރާކަންކަމަކީ ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައިވާ ކަންކަން ނޫންކަމަށާއި އެޕާޓީގެ މަސައްކަތަކީ ހަގީގަތާއި ޚިލާފު ދޮގުވާހަކަތަކާއި ޕްރޮޕެގެންޑާ ފެތުރުން ކަމަށެވެ. އަދި އެމްޑީޕީގައި ތިޞީ އާއްމު މެމްބަރުންވެސް އެޕާޓީ ދޫކޮށް އެހެންޕާޓީތަކާއި ގުޅުމަށް ގޮވާލައްވަމުން އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކަށް ގާސިމް ފާޑު ވިދާޅުވިއެވެ.
ރައީސުލްޖުމުހޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ އެމްޑީޕީން މަޖިލީހަށް ވައްދާފައިވަނީ އެޕާޓީގެ 29 މަޖިލިސް މެމްބަރުންގެ ސޮޔާއި އެކުގައެވެ. އަދި ހޯމް މިނިސްޓަރ ޑރ މުހައްމަދު ޖަމީލު އަހުމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދާފައިވަނީ އެޕާޓީގެ 26 މަޖިލިސް މެމްބަރުންގެ ސޮޔާއިއެކުގައެވެ. މިސަރުކާރަކީ ގުޅިފައިވާ ޕާޓީތަކުގެ މައްޗަށް އެކުލަވާލެވިފައިވާ ސަރުކާރަކަށްވެފައި ސަރުކަރާއި އިދިކޮޅު ފަރާތަކީ އެމްޑީޕީ އެކަނި ކަމުގައި ވުމުން އިތުބާރު ނެތްކަމުގެ މިމައްސަލަތައް އެމްޑީޕީއަށް ކާމިޔާބު ނުވާނެކަމުގައި ސިޔާސީ ބައެއް އެހެން ބޭފުޅުންވެސް ވަނީ ވިދާޅުވެފައެވެ.
އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީއަށް ކާމިޔާބެއް ނުވާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ