ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއިބައްދަލުކުރައްވައިފި އެވެ.
މި ބައްދަލުވުން ބޭއްވީ ގާސިމް ދިރިއުޅުއްވާ މ.މާފަންނުވިލާގައި އެވެ.
ރައީސް މައުމޫން ގާސިމާއި ބައްދަލުކުރައްވާފައިވާއިރު ރޭ ޕީޕީއެމްގެ އިސް ފަރާތްތަކާއި އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާޙިމް މުހައްމަދު ސޯލިހް (އިބޫ) އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާއި ބައްދަލުކުރައްވާފައިވެ އެވެ. އަދި އިންތިހާބު ބޭއްވި ދުވަހުގެރޭ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީނާއި ރަނިންމޭޓު ޑރ.މުހައްމަދު ޖަމީލާއި ޕީޕީއެމްގެ އިސް ފަރާތްތަކުން ވެސް ގާސިމާއި ބައްދަލުކުރެއްވި އެވެ.
މި ބައްދަލުކުރެއްވުންތައް ބާއްވާފައިވަނީ އިންތިހާބުގެ ދެވަނަ ބުރު ހޮނިހިރު ދުވަހު އޮންނައިރު އެ އިންތިހާބުގައި ގާސިމްގެ ތާއީދު ހޯއްދެވުމަށެވެ.
ރައީސް މައުމޫން ގާސިމާއި ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ