މައިލޯ އިންޓަ ސްކޫލް: ޝަރަފުއްދީން 5-1 ލަނޑުން މޮޅުވެއްޖެ

މައިލޯ އިންޓަސްކޫލް ފުޓްބޯޅަ މުބާރާތުގެ މިއަދު ހަވީރު ކުޅުނު 15 އަހަރުން ދަށުގެ މެޗް ޝަރަފުއްދީން ސްކޫލް ކާމިޔާބުކޮށްފި އެވެ.
އަބަދުވެސް ބޮޑު ވާދަވެރިކަމެއް އޮންނަ ހިތަދޫ ސްކޫލާއި، ޝަރަފުއްދީން ބައްދަލު ކުރި މެޗް ޝަރަފުއްދީން ކާމިޔާބްކޮށްފައި ވަނީ 1-5 ލަނޑުގެ ނަތީޖާއިންނެވެ.
މެޗްގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ޝަރަފުއްދީން ސްކޫލުންނެވެ. ޝަރަފުއްދީން ސްކޫލަށް ލަނޑު ޖަހާދިނީ 2 ލަނޑު ޖެހި އަހްމަދު ހާމީ އާއި، މުހައްމަދު ޒަހްވާން، އަސަދުﷲ އަލީގެ އިތުރުން މުހައްމަދު އަބާން ރަޝީދުއެވެ.
ހިތަދޫ ސްކޫލުގެ ހަމައެކަނި ލަނޑުޖެހީ އިޠާފް މުހައްމަދު ރަފީގްއެވެ.
މުބާރާތުގައި މާދަމާ ކުޅޭނީ 13 އަހަރުން ދަށުގެ 2 މެޗެވެ. ފުރަތަމަ މެޗްގައި މަރަދޫ ސްކޫލް އާއި ހުޅުދޫ ސްކޫލް ވާދަކުރާއިރު ދެވަނަ މެޗްގައި ކުޅޭނީ ޝަމްސުއްދީން ސްކޫލް އާއި ފޭދޫ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ