ރާއްޖެ ޓީވީގެ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.
އެމްވީޔޫތަށް މައުލޫމާތު ލިބިފައިވާ ގޮތުން ރާއްޖެ ޓީވީ އާއި ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓުން ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (އެމްބީސީ) އަށް ވެސް ހުށަހަޅާފައެވެ.
ސުޕްރީމް ކޯޓުގެ ފަރާތުން އެމްބީސީއަށް މައްސަލައެއް ހުށަހަޅާފައިވާކަން އެމްވީޔޫތަށް ވަނީ ކަށަވަރުވެފައެވެ.
ރާއްޖެ ޓީވީ އާއި ގުޅޭ މައްސަލައެއް ބަލާ ދިނުމަށް އެދި ސުޕްރީމް ކޯޓުން އެމްބީސީއަށް ހުށަހަޅާފައިވާއިރު ބަލަން އެދިފައިވަނީ ކޮން މައްސަލައެއްކަން މިހާތަނަށް އެނގިފައެއް ނުވެ އެވެ.
އަދި އެ މައްސަލަ ދިހަ ދުވަސް ތެރޭގައި ބެލުމަށްފަހު އެންގުމަށް ސުޕްރީމް ކޯޓުން އެމްބީސީއަށް އަންގާފައިވާ ކަމުގެ މައުލޫމާތު ވެސް ލިބިފައިވެ އެވެ.
ބުދަ ދުވަހު ހުށަހެޅި މި މައްސަލަ އެމްބީސީގެ ފަރާތުން ތަހުގީގުކުރާ ކަމެއް ވެސް އަދި އެނގިފައެއް ނުވެ އެވެ.
ރާއްޖެ ޓީވީން މިރޭ ބުނީ ސުޕްރީމް ކޯޓުން ފުލުހުންނަށް ސިޓީއަކުން، ރާއްޖެ ޓީވީއިން ދެއްކި ޖުޑިޝަރީއަށް ފާޑު ކިޔާ "މަގޭ ރިޕޯޓު" ގެ މައްސަލަ ތަހުގީގުކުރުމަށް އަންގާފައިވާ ކަމަށެވެ. އަދި ރާއްޖެ ޓީވީގެ މައްސަލައެއް އެމްބީސީން ވެސް ބަލަމުންދާކަން ރާއްޖެ ޓީވީން ވަނީ ކަށަވަރުކޮށްދީފައެވެ.
ރާއްޖެ ޓީވީ މައްސަލައެއް ސުޕްރީމް ކޯޓުން ބަލަން ފަށައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ