ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މައްސަލައިގައި އިއްޔެ ހައްޔަރުކުރި އއ.އަތޮޅު ހިމަންދޫ އުމުރުން 29 އަހަރުގެ ޝިމާލް އިބްރާހިމް ފަސް ދުވަހު ގޭ ބަންދު ކުރަން ކޯޓުން އަމުރުކޮށްފިއެވެ.
ދެއަހަރާއި ބައިގެ ތުއްތު ކުއްޖަކު ބަލައި ފުލުހުންނާއި ޖެންޑާ އިން ހިމަންދު އަށް އެރުމުން ފުލުހުންނަށް ހުރަސް އެޅި މައްސަލައިގައި ހައްޔަރުކުރި ކުއްޖާގެ ބައްޕަ ކަމަށްވާ ޝިމާލް ވަނީ ރޭގެ ވަގުތެއްގައި މާލެ ގެނެސްފައެވެ. ޝިމާލްގެ ބަންދުގެ މުއްދަތު އިތުރު ކުރަން މިއަދު ހާޒިރު ކުރީ ކްރިމިނަލް ކޯޓަށެވެ.
އިއްޔެ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން ހިމަންދު އަށް އެރުމުން ތުއްތު ކުއްޖާ ގޮވައިގެން ޝިމާލް ފުލުހުންނާއި އެކު ރަށުން ފައިބާން ދިޔަ މަންޒަރު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ. ނަމަވެސް ހިމަންދޫ މީހުން ވަނީ ފުލުހުންގެ މަސައްކަތައް ހުރަސް އަޅާ ތުއްތު ކުއްޖާ ގެންދިއުމަށް ހުރަސް އަޅާފައެވެ.
ތުއްތު ކުއްޖާގެ ބައްޕަ ހައްޔަރުކޮށްފައި ވާއިރު ފެމެލީ ކޯޓުގެ އަމުރާއި އެއްގޮތައް ތުއްތު ކުއްޖާ މިހާރު ވަނީ އެކުއްޖާގެ މަންމަ އާއި ހަވާލުކޮށްފައެވެ.
ހިމަންދޫ ކުއްޖާގެ ބައްޕަ ފަސް ދުވަހަށް ގޭބަންދު ކުރަން ކޯޓުން އަމުރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ