ހުޅުމާލޭގެ ބިމެއް އެއް ރުފިޔާއަށް ވިއްކި މުއާމަލާތެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފި

ހުޅުމާލެއިން އެއް ރުފިޔާއަށް ބިމެއް ވިއްކަން ހުށަހެޅި މައްސަލައެއްގައި ހުޅުމާލޭ ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފައި ވަނީ މ. ޕިންކު ފްލާވާ ހުސައިން މުހައްމަދުފުޅުގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ 155.19 އަކަމީޓަރުގެ ބިމެއް އަމިއްލަ ކުންފުންޏަކަށް 1 ރުފިޔާއަށް ވިއްކިކަމަށް ހުޅުމާލޭ ކޯޓުގައި ބުނެ، އެ ބިމުގެ މިލްކުވެރިކަން ކޯޓު މެދުވެރިކޮށް ބަދަލުކޮށްފައިވާ މުއާމަލާތެވެ.
ސްޕްރީމް ކޯޓުގެ އަމުރުގައި ވަނީ އެ ބިން ވިއްކި ކަމަށް އޮންނަ ހުޅުމާލޭ ކޯޓުގެ ގަޒިއްޔާއަކީ އަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފަން މަގުފަހިވާ ގޮތަށް، މުދަލެއް ނުއަގުގައި ވިއްކަން ކުރެވުނު މުއާމަލާތެއް ކަމަށްވާތީ އެއަމުރު ބާތިލްވެފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ