އުތެމަ ޖަމިއްޔާއާ ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް އޭޕީގެ ޢިލްމުވެރިންގެ މަޖިލީހުން ގޮވާލައިފި!

އިސްލާމްދީނުގެ އަސްލު އުސޫލުތައް ތައުހީނު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެދީނުގެ މަތިވެރި އުސޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަން ކުށްވެރިކުރުމާއި އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލައި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ބަޔާނެއް ނެރެފިއެވެ. 
"2015 ވަނަ އަހަރު ޝާއިޢުކޮށް، މިދިއަ އަހަރު އާއްމުންގެ ތެރެއަށް ތިލަވެގެންދިއަ ނުރައްކާތެރި ރިޕޯޓެއް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ކިޔާ ޖަމިއްޔާއަކުން ނެރުމުން 2019 ވަނަ އަހަރު ސަރުކާރުގެ ކަމާއިބެހޭ އިދާރާއިން އެ ޖަމިއްޔާ އުވާލެއްވި އެވެ. މިކަން މިހެން އޮތުމާއި އެކުވެސް ދިވެހިރާއްޖޭގެ އިޖުތިމާއީ ޙާލަތަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ވަޒަންކުރުމަށް ފަހު ކަމަށް ބުނެ، އަންހެނުންނާ މެދު ކުރެވޭ އެންމެހައި ތަފާތުކުރުންރައް ނައްތާލުމާބެހޭ އދ ގެ ބައިނަލްއަޤުވާމީ މުޢާހަދާ (ސީޑޯ) ކޮމިޓީއަށް ހުށަހެޅުމަށް “އުތެމަ” ޖަމިއްޔާއިން 20 އޭޕްރިލް 2020ގައި އާއްމުކުރި ރިޕޯޓު ވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އެމްޑީއެން)ގެ އެ ރިޕޯޓަށް ތާއީދުކޮށް އަދި އިސްލާމްދީނަށް ތައުހީނުކޮށް ޝަރީޢަތުގެ ޙުކުމްތަކަށް ފުރައްސާރަވާގޮތަށް އެކުލަވާލާފަ އެވެ." 
" އިސްލާމީ ޝަރީޢަތުގެ މައިގަނޑު މަޤުޞަދަކީ އިސްލާމްދީނާއި، މީސްތަކުންގެ ފުރާނައާއި، މުދަލާއި، ބުއްދިއާއި، އިންސާނީ ނަސްލާއި އަބުރާއި ޢިއްޒަތް ރައްކާތެރިކުރުމެވެ. މިކަންކަން ރައްކާތެރިކުރުމުގެ ނަތީޖާއަކީ މުޖުތަމަޢުގެ އަފުރާދުންގެ މެދުގައި އަމަންއަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓި، އިންސާނުންނަށް ލިބިދޭންޖެހޭ އެންމެހާ އަސާސީ ޙައްޤުތައް ކަށަވަރުވެ، ޢަދުލު އިންސާފު ޤާއިމުވެގެންދިއުންމެވެ. އަދި އިސްލާމީ ޝަރީޢަތުގެ މި މަޤުޞަދުތަކަށް ހުރަސް އެޅިގެންދާ އެންމެހައި ޢަމަލުތައް މަނާކުރުމަށްޓަކައި ޢުޤޫބާތުތައްވަނީ ކަނޑައެޅިފައެވެ. އެކަމުގެ ބޭނުމަކީ އިސްވެ ދެންނެވުނު ނަތީޖާ މުޖުތަމަޢުގައި ޤާއިމުވުމެވެ. 
އެހެނީ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައިވަނީ ދިވެހި ރާއްޖޭގެ ދީނަކީ އިސްލާމްދީންކަމަށެވެ. އަދި އިސްލާމްދީނަކީ ދިވެހި ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުވެސްމެއެވެ. ހަމަ އެ މާއްދާގެ (ށ) ގައިވަނީ ދިވެހި ރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާއި ޚިލާފު އެއްވެސް ޤާނޫނެއް ނުހެދޭނެކަމަށެވެ. ނަމަވެސް މިހާރަކަށް އައިސް މިކުޑަކުޑަ މުޖުތަމަޢުން ފެންނަމުންދާ ބައެއް ކަންކަމަކީ އިސްލާމީ ޝަރީޢަތުގެ މަޤްޞަދުތަކާއި އަދި ޤާނޫނު އަސާސީގެ ރޫހާވެސް ޚިލާފު ކަންކަމެވެ.
މިކަން ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީންވެސް ކަށަވަރުކޮށްދެއެވެ. 
މިކަންކަމަކީ ސައްތައިންސައްތަ އިސްލާމީ މި ދިވެހި ޤައުމުގެ އެއްވެސް މުވާތިނެއްގެ ކިބައިން ފެނިގެންވާނޭ ކަންކަމެއް ނޫނެވެ. ޝައްކެއްނެތް ގޮތުގައި މި ރިޕޯޓަކީ، އިސްލާމީ ރިވެތި އުސޫލުތައް ދިވެހި ފަސްގަނޑުން ފޮހެލުމަށް ބައަކު މީހުން ކުރާ މަސައްކަތުގެ ތެރެއިންވާ ކަމެއްކަން ކަށަވަރެވެ. ކަންމިހެން ހުރުމާއެކު މިފަދަ މުންކަރާތްތަކާއި ދުރުހެލިވުމަށާއި އިލާހީ ކޯފާއަށް ބިރުވެތިވުމަށް އެފަރާތްތަކަށާއި އަދި އެންމެހާ ލޮބުވެތި މުވާޠިނުންނަށް މިމަޖިލީހުން ވަޞިއްޔަތްކޮށް ނަސޭހަތްތެރިވަމެވެ. އެހެނީ މިފަދަ މުންކަރާތްތައް މުޖުތަމައުގައި ފެތުރިގެން ދިއުމަކީ އެކަން ކުރާބައަކަށް ދުނިޔެއާއި އާޚިރަތުގައި އިލާހީ ކޯފާ ޙައްޤުވެދާނޭ ކަމެކެވެ.
އިސްލާމްދީނުގެ އަސްލު އުސޫލުތައް ތައުހީނު ކުރުމަށް ކުރެވޭ މަސައްކަތްތަކާއި އެދީނުގެ މަތިވެރި އުސޫލުތަކާއި ޚިލާފަށް ކުރެވޭ ކަންކަން ކުށްވެރިކުރުމާއި އެކަންކަމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގޮވާލައި، ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ނެރޭ ބަޔާން pic.twitter.com/mJXzOTvFoT
— Adhaalath Party (@AdhaalathOffice) June 30, 2020
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ