ރަން 30 އަހަރަށްވުރެ މިހާރު މީޑިޔާގެ މިނިވަންކަން ގޯސް: ޔާމީން ރަޝީދު

ދިވެހިރާއްޖޭގައި މީޑިޔާގެ މިނިވަންކަން މިހާރު އޮތީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރަށްވުރެވެސް ގޯސްކޮށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.
މީގެ ކުރިން މީޑިޔާ ދާއިރާގައި ހަރަކާތްތެރިވެލައްވާފައިވާ ޔާމީން މިހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.
އެބޭފުޅާ ވިދާޅުވީ ރަން ތިރީސް އަހަރުގައިވެސް ދިވެހި އޮބްޒާވަރ ފަދަ އަންޑަރގްރައުންޑް ނޫސްތަކަށް ފުލުހުން މެދުވެރިކޮށް ދައުވާކޮށްފައި ނެތްކަމަށެވެ. ނަމަވެސް މިހާރު ދިވެހިރާއްޖޭގައި މީޑިޔާގެ މިނިވަންކަން އޮތީ އެ ދުވަސްވަރަށް ވުރެ ހާލުގައިކަމަށް ޔާމީން ވިދާޅުވިއެވެ.
އެކަމަކު މިއަދުގެ ތަފާތަކީ މި ވާހަކަ ދައްކާނެ ފަރާތެއް ނެތުންކަމަށް ޔާމީން ވިދާޅުވިއެވެ.
އެބޭފުޅާ މިހެން ވިދާޅުވެފައިވާއިރު، ހުޅުމާލޭގެ ފަޅުގައި އަަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާގެ މައްސަލައިގެ ޚަބަރު މެންދުރު އޮންލައިން ކިޔާ ވެބްސައިޓުން އޮޅުވާލައިގެން ގެނައިކަމަށް ފުލުހުން މިއަދު ވަނީ ބުނެފައެވެ. މީސް މީޑިޔާގައި ބައެއް ފަރާތްތަކުން ބުނަމުން އަންނަ ގޮތުގައި މެންދުރު އޮންލައިނަކީ ޔާމީންގެ މަސްލަހަތު އޮންނަ ވެބްސައިޓެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ