އެޕަލްގެ އޮންލައިން ސްޓޯރއެއް އިންޑިއާގައި ހުޅުވަނީ

އޮންލައިން ވިޔަފާރިއަށް ޚާއްސަކޮށްގެން އެޕަލްއިން އިންޑިއާގައި އޮންލައިން ސްޓޯރއެއް ހުޅުވުމަށް ނިންމައިފިއެވެ.
އެޕަލްއިން ބުނީ އިންޑިއާގައި ހުޅުވާ އެޕަލްގެ ފުރަތަމަ އޮންލައިން ސްޓޯރ ހުޅުވަނީ މިމަހުގެ 23 ވަނަ ދުވަހުކަމަށެވެ. އެޕަލްގެ އޮންލައިން ސްޓޯރއެއް އިންޑިއާގައި ހުޅުވުމަށް ނިންމާފައިވާއިރު، އެޕަލްގެ އުފެއްދުންތައް އިންޑިއާގައި މިވަގުތު ވިއްކަނީ ތާޑް ޕާޓީ ވެންޑާސްތައް މެދުވެރިކޮށެވެ. އަދި އެމެޒޯންއާއި ވޯލްމާޓް މެދުވެރިކޮށްވެސް އެޕަލްގެ ބައެއް އުފެއްދުންތައް އިންޑިއާގައި ވިއްކައެވެ.
އިންޑިއާގައި ލޯންޗުކުރާ އޮންލައިން ސްޓޯރ މެދުވެރިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުންނަ އެޕަލް ސްޓޯރތައް މެދުވެރިކޮށް ލިބޭ ހުރިހާ ޚިދުމަތެއް މި ސްޓޯރއިން ލިބޭނެކަމަށް އެޕަލްއިން ބުނެއެވެ.
އެޕަލްއިން އިންޑިއާގައި ހަރަކާތްތެރިވާތާ ގާތްގަނޑަކަށް 20 އަހަރުވެފައިވާއިރު، އެކުންފުނިން ވަނީ މިހާތަނަށް 900 ހާސް ވަޒީފާ އެޤައުމުގައި އުފައްދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ