ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 103 މައްސަލަ އޯގަސްޓު މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވާ ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 36 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.އަދި އިހުމާލުވުމުގެ 24 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 20 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 8 މައްސަލަ، ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 5 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 7 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 3 މައްސަލަ ވެސް ވަނީ ޖެންޑާ މިނިސްޓްރީއަށް ރިޕޯޓްކޮށްފައެވެ.މީގެ އިތުރުން ވެސް ތަފާތު އެކި 81 މައްސަލައެއް އޮގަސްޓްމަހު އެ މިނިސްޓްރީއަށް ރިޕޯޓްކުރިއެވެ. އެގޮތުން، ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 28 މައްސަލަ، އާއިލީ 16 މައްސަލަ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 13 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ. އަދި އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 9 މައްސަލަ، ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 9 މައްސަލަ، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ 4 މައްސަލައިގެ އިތުރުން ހައްގުތަކުން ކުޑަކުދިން މަހްރޫމުކުރުމުގެ 2 މައްސަލައެއް ވެސް ވަނީ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އޮގަސްޓްމަހު ކުޑަކުދިންނާ ގުޅޭ 103 މައްސަލަ ރިޕޯޓްކުރި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ