އަދީބުގެ މައްސަލަ ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނަން: ޕީޖީ
ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްސަލަ ބެއްލެވި، ކްރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޫޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެެއްޖެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ނިންމުމާއެކު އޭނާ ވަނީ މިނިވަންވެފަ އެވެ. ޕީޖީއިން ވަނީ މި މައްސަލަ އިސްތިއުނާފު ކުރުމަށް ނިންމަވާފަ އެވެ. މިއަދު ޕީޖީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވަނީ ގާޒީ އަލީ ރަޝީދު ނިންމެވި ނިންމުމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފަ އެވެ. އެގޮތުން ކޯޓުން އަދީބުގެ މައްސަލަ ބޭރުކޮށްލީ، ހަމަ ޖެހޭ ކަންތައްތަކަށް ބިނާކޮށްފައި ނޫން ކަމަށް ޝަމީމް ވިދާޅުވި އެވެ. މިކަމާ ގޫޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަމީމް ވިދާޅުވީ، ގާޒީގެ އިސްމާއިލް ރަޝީދުގެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނެ ކަމަށެވެ. ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ