ގާޒީ މަހާޒަށް އިންޒާރުދޭން ޖޭއެސްސީން ނިންމައިފި

ޑްރަގް ކޯޓުގެ ގާޒީ މަހާޒު އަލީ ޒާހިރު އޭނާގެ އަމިއްލަ ބްލޮގްގައި ޝަރުއީ ދާއިރާއާ ބެހޭގޮތުން ލިޔުއްވި ލިޔުމަކާ ގުޅިގެން އެ މައްސަލަ ބެލުމަށްފަހު އޭނާއަށް އިންޒާރުދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ. ސަން އަށް އެނގިފައިވާގޮތުގައި ގާޒީ މަހާޒަށް އިންޒާރުދިނުމަށް ފާސްކޮށްފައި ވަނީ މިއަދު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައެވެ. މަހާޒު ލިޔުއްވި އެ ލިޔުމުގައި ވިދާޅުވެފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލާއި އޭނާގެ ނާއިބްގެ މަގާމުގައި ބޭފުޅަކު ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ޚިލާފް ކަމެއް ކަމަށެވެ.އޭނާ އެހެން ވިދާޅުވެފައި ވަނީ ޕީޖީގެ މަގާމުގައި ބޭފުޅަކު ނެތަސް ޕީޖީ އޮފީހުގެ ވަކީލުން ކޯޓުތަކަށް ހާޒިރުވެ ދައުވާތަކަށް ޖާބުދާރީވުމަށް ސުޕްރީމް ކޯޓުން އަމުރު ނެރުމުގެ ކުރިންނެވެ.ގާޒީ މަހާޒަކީ ވެސް ޕީޖީ އޮފީހުގައި ކުރިން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ