މެމްބަރު ހައިތަމަށް އެއްމާބަނޑު ދެ ދަރިން ލިބިވަޑައިގެންފި

ރައްޔިތުން މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހައިތަމް އާއި އަނބިކަނބަލުން ޝަޖާން މުއާޒަށް އެއްމާބަނޑު ދެ ދަރިން ލިބިވަޑައިގެންފި އެވެ.
ހައިތަމް މިއަދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، މާތްاللهގެ ރަހުމަތްފުޅުން ދިރިއުޅުމަށް ލިބޭނެ އެންމެ އަގުހުރި ނިއުމަތް މިއަދު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެއީ ފިރިހެން ދަރިއަކާއި އަންހެން ދަރިއަކު ލިބިވަޑައިގަތުން ކަމަށްވެސް ވިދާޅުވި އެވެ.
ހައިތަމް ވިދާޅުވީ، ދެ ދަރިންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ހައިތަމް މިވަގުތު ފޯނަށް ޖަވާބު ނުދެއްވާތީ، އަނބިކަނބަލުންގެ ހާލުކޮޅެއް އަދި ނޭނގެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރަން ކިޔުމަށްފަހު، ހައިތަމް އާއި ޝަޖާންއާ ކައިވެނި ބައްލަވައިގެންފައި ވަނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. މިއީ ހައިތަމް އަދި ޝަޖާންގެވެސް ދެވަނަ ކައިވެންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ