ފުވައްމުލަކުން ކަރަންޓު ކެނޑިއްޖެ، ހައްލުކުރަން 12 ވަރަކަށް ގަޑިއިރު ނަގާނެ: ފެނަކަ

ފުވައްމުލަކު ސިޓީން ކަރަންޓުގެ ހިދުމަތް ކެނޑިފައި ވާކަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް އިން ބުނެފިއެވެ.
ފެނަކައިން ބުނީ ފުވައްމުލަކުން ކަރަންޓު ކެނޑުނީ އެ ސިޓީގައި ބޭނުން ކުރަމުން ދިޔަ 2500 ކިލޯވޮޓުގެ ޓްރާސްފޯމަރުގައި މައްސަލަ ޖެހިގެން ކަމަށެވެ. އަދި ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ފެނުގެ ހިދުމަތައްވެސް ބުރޫއަރާފައި ވާކަމަށް ބުންޏެވެ.
އެ މައްސަލަ ވީހާވެސް އަވަހަަށް ހައްލު ކުރުމަށް އައްޑޫ ސިޓީން ޓްރާންސްފޯމާއެއް ގެންދިއުމުގެ މަސައްކަތް ކުރަމުން ދާކަމަށް ފެނަކައިން މައުލޫމާތު ދެއެވެ.
އޭގެ އިތުރުން، އެ މައްސަލަ ހައްލުކުރުމަށް 10 ނުވަތަ 12 ގަޑިއިރު ނަގާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް އެ ކުންފުނިން ބުނެއެވެ.
ފެނަކައިން ވަނީ އެފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ލިބޭ އެއްބާރުލުމަށް ޝުކުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ